މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,375 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 294 ވަނަ ޞަފްޙާ

އައު ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް

އައު ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް

އައްޑޫސިޓީ ހިތަދޫގައި ހަރަކާތްތެރިވާ “ސްކޫޕު” ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ. މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ. ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި، “ސްކޫޕު”، “ސްކޫޕު ކަންމަތި” ނުވަތަ “SKP” ގުރޫޕަކީ އިންތިޒާމުވ...

ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން 

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން 

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ދަށުން ހިންގާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން ބައިވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އ...

ޝިއުނާ އާދަމް
އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާއި ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާއި ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި މުދާ ހުސްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ބަނދަރުގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސަށް ވަނީ ހިއްސާކޮށްފައެވެ. ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަކުރެއްވުން ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި،...

ޔުމްނާ ޢަލީ
67 ފަތުރުވެރިންނާއިއެކު މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި ފަރަށް އަރައިފި

67 ފަތުރުވެރިންނާއިއެކު މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި ފަރަށް އަރައިފި

މާލެއިން ފުރައިގެން ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓި، އެމްބޫދޫ ފަރަށް އަރައިފި އެވެ. މެރެއިން ޕޮލިސް އިން މަޢުލޫމާތުދެއްވި ގޮތުގައި، މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 72 މީހުން ތިބި ކަމަށްވެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 11:24 ހާއިރު ހިނގި މި ހާދިސާގައި، ފެރީގައި ތިބި އެންމެން މިހާރު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފަކަމަށެވެ. އުޅަނދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 67 ފަތުރުވެރިންނާއި، 3 ދިވެހިންގެ އިތުރުން 2 ބިދޭސީ […]

އަލީ އާދިލް
އާތިފް އިތުރު ދައުރަކަށް ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވަނީ

އާތިފް އިތުރު ދައުރަކަށް ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވަނީ

ކުޅުދުއްފުށީ ސިޓީގެ މިހާރުގެ މޭޔަރު މުހައްމަދު އާތިފް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިތުރު ދައުރަކަށް އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ނިންމަވައި އެކަން މިއަދު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރަން އޭނާ ނިންމަވާފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ކުޅުދުއްފުށީގެ އެންމެހައި ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ލޯތްބ...

ޔުމްނާ ޢަލީ
އިނގިރޭސި ދެ ފަތުރުވެރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ ކަމެއް ނެތް: ފުލުހުން

އިނގިރޭސި ދެ ފަތުރުވެރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ ކަމެއް ނެތް: ފުލުހުން

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ފަތުރުވެރިން ރާއްޖޭގައި މަރުވެފައިވާއިރު، އެ ދެމަފިރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، އއ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 70 އަހަރުގެ އެލައިނީ ރިޗްމޮންޑް ނިޔާވީ 2025 ޑިސެމްބަރު 19 ވަނަ ދުވަހުއެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ފިރިމީހާއާއެކު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހ...

ޔުމްނާ ޢަލީ
ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 27 އޮކްޓޯބަރު 2025 ވަނަ ދުވަހު ފަތިހު ވީއައިއޭގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އެންމެންވެސް ތިބީ ބަންދުގައެވެ. މި މައްސަލައިގެ ތުހުމަ...

ޝިއުނާ އާދަމް
ލޯފަން މީހުން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ލޯފަން މީހުން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ އިންތިޒާމް ހަ...

އަލީ އާދިލް
ފްލެޓާއި ގޯއްޗަށް ހުޅުވާލުން އަންނަ އާދީއްތަ އަށް ފަސްކޮށްފި

ފްލެޓާއި ގޯއްޗަށް ހުޅުވާލުން އަންނަ އާދީއްތަ އަށް ފަސްކޮށްފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި ކަމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރިން މިއަދު ހުޅުވާލަން ނިންމާފައި އޮތް މި ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށް ފަސްކުރަން ނިންމީ ވަރަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީއެވެ. އަދި ހަފްތާ ބަންދާ ދިމާކޮށް ހުޅުވާލުމުން ރައްޔިތުންނަށް ބޭނުންވާ މައުލ...

އަލީ އާދިލް
ދަޢުލަތުގެ ބަޖެޓުން އަމިއްލަ 40 މީޑިއާއަކަށް މާލީ އެހީ ދީފި

ދަޢުލަތުގެ ބަޖެޓުން އަމިއްލަ 40 މީޑިއާއަކަށް މާލީ އެހީ ދީފި

އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އަމިއްލަ 40 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 27.29 މިލިއަން ރުފިޔާ ވަނީ މީޑިއާތަކަށް ފޯރުކޮށްދީފ ައެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މީޑިއާތަކަށ...

އަލީ އާދިލް
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިއްޔެ ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ލިބިފައިވާ މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށ...

އަލީ އާދިލް
ޕީކް ސީޒަނަށް ތައްޔާރުވުމަށް، ވިލިމާލޭ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކޮށްފި

ޕީކް ސީޒަނަށް ތައްޔާރުވުމަށް، ވިލިމާލޭ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކޮށްފި

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފި ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ. ސްޓެލްކޯ އިން އިއްޔެ ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭ އިންޖީނުގެއަށް ގެންދެވުނު 1،200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް ނިމި، އަމަލީ ގޮތުން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މި ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފެށުމާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެގެންދާނެއެވެ. މީގެ...

އަލީ އާދިލް
އެކަނިވެރިންނަށް ހާއްސަކޮށް ޗައިނާ އިން ހެދި އެޕްގެ ނަން ބަދަލުކޮށް ބައިނަލްއަގުވާމީ މާކެޓަށް

އެކަނިވެރިންނަށް ހާއްސަކޮށް ޗައިނާ އިން ހެދި އެޕްގެ ނަން ބަދަލުކޮށް ބައިނަލްއަގުވާމީ މާކެޓަށް

އެކަނި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ޗައިނާގައި އުފައްދާފައިވާ “އާ ޔޫ ޑެޑް؟” އެޕްލިކޭޝަން ވަރަށް ބޮޑަށް މަގުބޫލުވުމާ ގުޅިގެން، އެ އެޕްގެ ނަން ބަދަލުކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް އެޕް ހިންގާ ކުންފުނިން ނިންމައިފިއެވެ. ޗައިނާ ބަހުން “ސިލެމޭ” ގެ ނަމުން ނަންދީފައިވާ މި އެޕްގެ އިނގިރޭސި މާނައަކީ “ކަލޭ މަރުވީ ހެއްޔެވެ؟” މިއެވެ. މި އެޕްލިކޭޝަނަކީ އެކަނިވެރި ދިރިއުޅުމެއް އިހުތިޔާރުކުރާ މީހުންނަށް ފަރުމާކޮށްފައިވާ “ލުއި ރައްކާތެރިކަމުގެ ވަސީލަތެއް” ކަމަށް އެޕް އުފެއްދި ޓީމުން ބުނެއެވެ. މި...

ނާޒިމާ އަލީ
އެމެރިކާއިން 75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން މެދުކަނޑާލަނީ

އެމެރިކާއިން 75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން މެދުކަނޑާލަނީ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 75 ގައުމެއްގެ ރައްޔިތުންނަށް އިމިގްރަންޓް ވިސާ ދޫކުރުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމަށް ނިންމައި، އެކަން ކޮންސިއުލާ އޮފިސަރުންނަށް އަންގައިފިއެވެ. މި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2026 އިން ފެށިގެންނެވެ. ވިސާ ހުއްޓާލާކަމަށް ބުނާ މައިގަނޑު ސަބަބު ސަރުކާރުން ހާމަކުރި ގޮތުގައި މި ފިޔަވަޅު އެޅީ، ވިސާއަށް އެދޭ ފަރާތްތަކަކީ “ޕަބްލިކް ޗާޖް” ނުވަތަ ސަރުކާރުގެ އެހީއަށް ބަރޯސާވާނެ ބައެއް ނޫންކަން ކަށަވަރުކުރުމަށެވެ. މިގޮތުން ސްކްރީން...

ނާޒިމާ އަލީ
އެމެރިކާއިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް: ރަޝިޔާ

އެމެރިކާއިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް: ރަޝިޔާ

އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރަޝިޔާއިން އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދޭން ފަށައިފިއެވެ. 14 ޖެނުއަރީ 2026 އާ ހަމައަށް އައިއިރު، މޮސްކޯއިން ވަނީ އެމެރިކާއިން އީރާނަށް ދޭ ހަމަލާއަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. ރަޝިޔާގެ އިސް އޮފިޝަލުން މިފަދަ ހަމަލާއެއް ސިފަކުރައްވާފައިވަނީ އެމެރިކާއަށް ހެދޭނެ “އެންމެ ބޮޑު ގޯސް” ގެ ގޮތުގައެވެ. ނުތަނަވަސްކަމުގެ ފަސްމަންޒަރު މި އިންޒާރުތައް އައިސްފައިވަނީ 2025 ވަނަ އަހަރުގެ ޖޫނ...

ނާޒިމާ އަލީ
މަސްވެރި އަލިބެ ނިޔާވެއްޖެ

މަސްވެރި އަލިބެ ނިޔާވެއްޖެ

ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކަށް ފާޑުކިޔައިގެން ސޯޝަލް މީޑިއާގައި މަޝްހޫރުވި ގއ. ވިލިނގިލި، ޕިންކްރޯސް، އަލީ ރަޝީދު (މަސްވެރި އަލިބެ) ނިޔާވެއްޖެއެވެ. މަސްވެރި އަލިބެ ނިޔާވިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފެއްގެ ގޮތުގައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ ކުންފުނީގެ ގއ. ވިލިނގިލީ ސައިޓުގައެވެ. އަލީ ރަޝީދުގެ ވަކިވުމާ ގުޅިގެން އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ނިޔާވުމަކީ އެ ކޯޕަރޭޝަނަށާއި، ވަކިން ހާއްސަކޮށް ވިލިނގި...

ޔުމްނާ ޢަލީ
އީރާނަށް ހަމަލާދިނުމުން އެމެރިކާ ދުރުހެލިކުރުމަށް ސައުދީ އިސްވެ މަސައްކަތް ފަށައިފި

އީރާނަށް ހަމަލާދިނުމުން އެމެރިކާ ދުރުހެލިކުރުމަށް ސައުދީ އިސްވެ މަސައްކަތް ފަށައިފި

އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދިނުމުން ވައިޓް ހައުސް ދުރުހެލިކުރުމަށްޓަކައި، ގަތަރާއި އޮމާން ބައިވެރިވެގެން ސައުދީ އަރަބިއްޔާއިން އިސްވެ ގަލްފުގެ އިސްނެގުމެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ “ދަ ވޯލް ސްޓްރީޓް ޖާނަލް” އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ. މި މަސައްކަތަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި ކުރިމަތިވެދާނެ ބޮޑު ހަނގުރާމައަކުން ސަލާމަތްވުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ. އެ ނޫހުން ބުނި ގޮތުގައި، މަސްރަހު ގޯސްވެއްޖެ ނަމަ ސައުދީގެ އިގ...

ނާޒިމާ އަލީ
މާއުނގޫދޫގައި ދަރިވަރުންނަށް އިމާމުކަން ދަސްކޮށްދިނުމަށް މުބާރާތެއް

މާއުނގޫދޫގައި ދަރިވަރުންނަށް އިމާމުކަން ދަސްކޮށްދިނުމަށް މުބާރާތެއް

ށ. މާއުނގޫދޫގައި ދަރިވަރުންނަށް އިމާމުކަން ދަސްކޮށްދިނުމަށް ”ފިއުޗަރ އިމާމް” ޕްރޮގްރާމްގެ ނަމުގައި މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ. މިއީ އެރަށު ކައުންސިލާއި، ޚިދުމަތް ޖަމްޢިއްޔާ، އުކުޅަސް ހޯޕް، ޖަމިއްޔަތުލް ޤަލަމް އަދި މަންފާ ޖަމްޢިއްޔާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މާއުނގޫދޫގެ ގްރޭޑް 5-10 އާއި ދެމެދު އަރަބި އަދި ދިވެހިބަސް ފަރިތަކޮށް ކިޔަން އިނގޭ ފިރިހެން ދަރިވަރުންނަށް އަމާޒުކޮށްގެންގެންދާ މި ޕްރޮގްރާމް ވަނީ މިދިޔަ އާދީއްތަ ދުވަހު ފަށާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ...

ޔުމްނާ ޢަލީ