މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,372 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 283 ވަނަ ޞަފްޙާ

އެޕްސްޓީންގެ ލަފަޔަށް މޯދީ އިޒްރޭލުގައި 'ނަށައި ލަވަކިޔައި' ހެއްދެވިކަމަށް ބުނާ ވާހަކައަށް އިންޑިއާގެ ރައްދު

އެޕްސްޓީންގެ ލަފަޔަށް މޯދީ އިޒްރޭލުގައި 'ނަށައި ލަވަކިޔައި' ހެއްދެވިކަމަށް ބުނާ ވާހަކައަށް އިންޑިއާގެ ރައްދު

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި “އެޕްސްޓީން ފައިލްސް” ގެ ތެރޭގައި ހިމެނޭ އީމެއިލެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަން ފެންމަތިވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ. މި ލިޔެކިޔުންތަކަކީ ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގަށް ހާމަކުރި ލިޔެކިޔުންތަކެކެވެ. ފެންމަތިވެފައިވާ އީމެއިލަކީ 2017 ވަނަ އަހަރު އެޕްސްޓީން ގަތަރުގެ އޮފިޝަލަކަށް ފޮނުވި އީމެއިލެކެވެ. އެ އީމެއި...

ޔުމްނާ ޢަލީ
ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަނީ

ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ކައުންސިލްގެ ރަސްމީ ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކުރުމުގެ އިތުރުން މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ 2 ފެބްރުއަރީ 2026 އިން 8 ފެބްރުއަރީ 2026 އާ ހަމައަށެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކެލާ...

ޔުމްނާ ޢަލީ
މިލަންދޫ ކައުންސިލްގެ ރޯދަ ހަދިޔާ: މާރިޗް މަހުގެ ކުނި ފީ ހިލޭ ކޮށްދީފި

މިލަންދޫ ކައުންސިލްގެ ރޯދަ ހަދިޔާ: މާރިޗް މަހުގެ ކުނި ފީ ހިލޭ ކޮށްދީފި

ށ. މިލަންދޫ ކައުންސިލުން އެރަށުގެ ގޭބިސީތަކާއި އެހެން ތަންތަނުން ކުނި ނަގައި އުކާލަދިނުމަށް ނަގަމުން އަންނަ ފީ އަންނަ މާރިޗް މަހު ހިލޭކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ. މިލަންދޫ ކައުންސިލުން ބުނީ މި ނިންމުމަކީ 1447 ވަނަ އަހަރު، ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިލަންދޫ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 221 ވަނަ ޖަލްސާގައެވެ. މި ނިންމުމާއެކު އަންނަ މާރިޗް […]

ޝިއުނާ އާދަމް
އެޕްސްޓީންއާ އޮތް ގުޅުންތަކާ ގުޅިގެން ލޯޑް މެންޑެލްސަން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވައިފި

އެޕްސްޓީންއާ އޮތް ގުޅުންތަކާ ގުޅިގެން ލޯޑް މެންޑެލްސަން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުންތަކުގެ ސަބަބުން، އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީއަށް އިތުރު “ލަދުވެތިކަމެއް ކުރިމަތިކުރުވަން” ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ، ލޯޑް މެންޑެލްސަން އެ ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. ކުރީގެ ކެބިނެޓް މިނިސްޓަރު މި ނިންމުން ނިންމެވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކުރި ލިޔެކިޔުންތަކެއްގައި އޭނާގެ ނަން ހިމެނުމާ ގުޅިގެންނެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހުކުރު ދުވަހު އާންމުކުރި ލިޔެ...

ނާޒިމާ އަލީ
ފިޝަރީޒް ސެކްޓަރގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ފިޝަރީޒް ސެކްޓަރގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ “ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މި ކޮމިޓީއަކީ އެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމުގައި ސަރުކާރަށް ބޭނުންވާ މުހިންމު މަޝްވަރާތައް ދިނުމަށް އުފައްދާ ކޮމިޓީއެކެވެ. ކޮމިޓީގައި ތަމްސީލުކުރާނެ ދާއިރާތަކާއި މެންބަރުންގެ އަދަދު މި ކޮމިޓީ އެކުލެވިގެންވަނީ މަސްވ...

ޔުމްނާ ޢަލީ
ހަނގުރާމައެއް ފަށައިފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެދާނެކަން އެމެރިކާ ދަންނަންވާނެ: އީރާން

ހަނގުރާމައެއް ފަށައިފިނަމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެދާނެކަން އެމެރިކާ ދަންނަންވާނެ: އީރާން

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މިއަދު ދެއްވި ބަޔާނެއްގައި ޚާމަނައީ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ، އެ ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރި، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމަށެވެ. ޚާމަނައީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ 1979 ގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ތެހެރާންގައި ބޭއްވި ބައްދަލުވުމެއްގައެވެ. “އެމެރިކާ މީހުން ދަންނަންޖެހޭނެ ކަމަކީ، އެމީހ...

ޔުމްނާ ޢަލީ
ދިއްދޫ ''މަދަރަސަތުލް ޣާޒީ މުޙައްމަދު'' ސްކޫލް ހުޅުވައިފި

ދިއްދޫ ''މަދަރަސަތުލް ޣާޒީ މުޙައްމަދު'' ސްކޫލް ހުޅުވައިފި

ހއ. ދިއްދޫގައި ޕްރީ ސްކޫލްގެ ތައުލީމަށް ހާއްސަކޮށް އެރަށު ކައުންސިލުން ބިނާކުރި ”މަދަރަސަތުލް ޣާޒީ މުޙައްމަދު” ސްކޫލް ރޭ ހުޅުވައިފިއެވެ. ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޫލް ހުޅުއްވައިދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) އެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ އެ ސްކޫލަކީ ދިއްދޫ ކައުންސިލުން ބޮޑު ޚަރަދެެއްކޮށްގެން ބިނާކޮށްފައިވާ ތަނެއްކަމަށެވެ. ޢަބުދުﷲ ރަޝީދު މައުލޫމާތުދެއްވި ގޮތުގައި މި ސްކޫލް ތަރައްގީކޮށްފައި ވަނީ 6 ކް...

ޔުމްނާ ޢަލީ
ނެއްލައިދޫގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް

ނެއްލައިދޫގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، ހދ. ނެއްލައިދޫގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލް ގުޅިގެން 2026 ޖަނަވަރީ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މި ސެޝަންގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ރައްކާތެރިކަމާއެކު މަގު ބޭނުންކުރުމުގެ އުސޫލުތަކާއި، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި އާންމު ފަރުދުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތު...

ޔުމްނާ ޢަލީ
ސަލީމްގެ ''އެޗްއާރުސީއެމްގެ ހަނދާންތައް'' ފޮތް ރައީސަށް އަރުވައިފި

ސަލީމްގެ ''އެޗްއާރުސީއެމްގެ ހަނދާންތައް'' ފޮތް ރައީސަށް އަރުވައިފި

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް ލިޔުއްވި ”އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް” ފޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވާފައެވެ. މި ފޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފ...

ޔުމްނާ ޢަލީ
ޒަކާތް ދެއްކުމަށް ފަސޭހަކޮށްދިނުމަށް "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް

ޒަކާތް ދެއްކުމަށް ފަސޭހަކޮށްދިނުމަށް "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި “ފިޠުރު ޕޯޓަލް”ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ތަޢާރުފުކޮށްފިއެވެ. ޕޯޓަލްގެ މަޤްޞަދު މި ޕޯޓަލް ތަޢާރުފުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް އުޞޫލަކުން...

ޝިއުނާ އާދަމް
އައިޔޫއެމްގެ ޗާންސެލަރު ޒާހިރު އިސްތިއުފާ ހުށަހަޅުއްވައިފި، ޚިދުމަތަށް ރައީސްގެ ޝުކުރު

އައިޔޫއެމްގެ ޗާންސެލަރު ޒާހިރު އިސްތިއުފާ ހުށަހަޅުއްވައިފި، ޚިދުމަތަށް ރައީސްގެ ޝުކުރު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗާންސެލަރު ކަމުގެ މަގާމުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފިއެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ޑރ. ޒާހިރާ ބައްދަލުކުރައްވައި، އެމަނިކުފާނު ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޑރ. ޒާހިރަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގ...

ޝިއުނާ އާދަމް
އަމީން މަރުވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ ތެރޭގައި އޭގެ ދަތްގަނޑުން ޖެހި، ކުނިތަކުގެ ދަށުވެގެން''

އަމީން މަރުވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ ތެރޭގައި އޭގެ ދަތްގަނޑުން ޖެހި، ކުނިތަކުގެ ދަށުވެގެން''

ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ފަހުގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި އަމީން މިއާ މަރުވުމަށް މެދުވެރިވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައިކަން މިހާތަނަށް ތަހްގީގަށް ވަނީ ހޯދިފައެވެ. މި ހާދިސާ ހިނގާފައިވަނީ 26 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ އެކި ފިހާރަތަކަށް ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގެ އެކި ފިހާރަތަކަށް ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަނޫން ޓްރާންސްފާ ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ފައިންސް، ޙަސަން މޫސާ (33އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން 3,000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ޙަސަން މޫސާ ނަގާފައިވާކަން [...

ޝިއުނާ އާދަމް
ނިއުކްލިއާ ހަތިޔާރާއި ނުލާވެސް ދިފާއުވުމުގެ ފުރިހަމަ ގާބިލުކަން އެބަހުރި: އީރާން

ނިއުކްލިއާ ހަތިޔާރާއި ނުލާވެސް ދިފާއުވުމުގެ ފުރިހަމަ ގާބިލުކަން އެބަހުރި: އީރާން

އީރާނުގެ އަސްކަރީ ސިޔާސަތުގައި ނިއުކްލިއާ ހަތިޔާރަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި، އެފަދަ ހަތިޔާރަކާ ނުލައިވެސް އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ފުރިހަމަ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމަށް އެގަމުގެ ނިއުކްލިއާ އެޖެންސީގެ ވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވެއްޖެއެވެ. އަނަޑޯލޫ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްލާމީ މިހެން ވިދާޅުވީ ލޯކަލް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ. އިސްލާމީ ފާހަގަކުރެއްވި ގޮތުގައި އީރާނަށް ނިއުކްލިއާ ބޮމެއް ބޭނުންނުވާ ކަމަށާއި، ދިފާއީ ގޮތުން ބޭނުންވާ...

ނާޒިމާ އަލީ
އެޕްސްޓީން ފައިލްތަކުން ފެންމަތިވި ރާއްޖޭގެ ކުރީގެ ރައީސަކާއި ގުޅޭ ވާހަކަތައް

އެޕްސްޓީން ފައިލްތަކުން ފެންމަތިވި ރާއްޖޭގެ ކުރީގެ ރައީސަކާއި ގުޅޭ ވާހަކަތައް

އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީންގެ މައްސަލައަކީ މުޅި ދުނިޔެ ސިއްސުވާލި ބޮޑު މައްސަލައެކެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގެ ހައުސް އޯވަސައިޓް ކޮމިޓީން އާންމުކުރި ލިޔެކިޔުންތަކާއި، 2026 ވަނަ އަހަރުގެ ޖެނުއަރީގައި “އެޕްސްޓީން ފައިލްސް ޓްރާންސްޕޭރެންސީ އެކްޓް” ގެ ދަށުން ޝާއިއުކުރި ފައިލްތަކުން ހާމަވާ ގޮތުގައި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާ އެޕްސްޓީންއާ ދެމެދު ގާތް ގުޅުންތަކެއް އޮތެވެ. ސީދާ ޚާރިޖީ އަދި އިޖުތިމާޢީ ގުޅުންތައް މި ފައިލްތަކ...

އަލީ އާދިލް
އިރާގު މީހަކު ހަ އަހަރު ދުވަހުގެ މަސައްކަތުން އަތުން ލިޔެފައިވާ ބޮޑު މުޞްޙަފެއް ނިންމާލައިފި

އިރާގު މީހަކު ހަ އަހަރު ދުވަހުގެ މަސައްކަތުން އަތުން ލިޔެފައިވާ ބޮޑު މުޞްޙަފެއް ނިންމާލައިފި

އިރާގަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ ފަންނާނެއް ކަމަށްވާ ޒަމާން، ހަ އަހަރު ދުވަހުގެ ބުރަ މަސައްކަތަށްފަހު އަތުން ލިޔެފައިވާ ބޮޑު މުޞްޙަފެއް ނިންމާލައިފިއެވެ. އިސްތަންބޫލްގެ މިސްކިތެއްގައި ހުރެ އޭނާގެ މި ކާމިޔާބީ ފާހަގަކުރަމުން ޒަމާން ބުނީ، މި މަސައްކަތް ނިންމާލެވުމުން އޭނާގެ ހިތް ފަޚުރުވެރިކަމާއި ޝުކުރުވެރިކަމުން ފުރިފައިވާ ކަމަށެވެ. މި މުޞްޙަފަކީ އޭގެ ސައިޒާއި ފުޅާމިނަށް ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު މަސައްކަތެކެވެ. މީގައި ދެފަރާތަށް ލިޔެފައިވާ 302 އޮޅާލެވޭ ކަރުދާސް ހިމެނޭއިރު، ކޮންމެ ކަރުދާ...

ނާޒިމާ އަލީ
ބޮޑު އިނާމަކާއެކު ''ހޯރަ ކަޕް'' މުޅި ހއ.އަތޮޅަށް، ބައިވެރިވުމަށް ހުޅުވާލައިފި

ބޮޑު އިނާމަކާއެކު ''ހޯރަ ކަޕް'' މުޅި ހއ.އަތޮޅަށް، ބައިވެރިވުމަށް ހުޅުވާލައިފި

ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ބޮޑު އިނާމަކާއެކު ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ހޯރަ ކަޕް 2026 ފުޓްސަލް މުބާރާތު”ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ހއ. އަތޮޅުގެ ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ. އެ ޓީމު އެރަށެއްގެ މުއައްސަސާއެއްގެ ނަމުގައި ނުވަތަ ކްލަބް ޖަމިއްޔާއެއްގެ ނަމުގައި ވެސް ބައިވެރިކުރެވިދާނެކަމަށް ހޯރަފުށީ ކައުންސިލުނ...

ޔުމްނާ ޢަލީ
އިކްރާމް ނަންގެންދެވުމުން ވާދަވެރިކަމެއްނެތި އަދާލަތުގެ ރައީސްކަން ޝައިޚް ޝިފާނަށް

އިކްރާމް ނަންގެންދެވުމުން ވާދަވެރިކަމެއްނެތި އަދާލަތުގެ ރައީސްކަން ޝައިޚް ޝިފާނަށް

އަދާލަތު ޕާޓީގެ އާ ރައީސަކަށް ޝައިޚް މުޙައްމަދު ޝިފާން އަދި ނައިބު ރައީސަކަށް ޝައިޚް ޢަބްދުﷲ ރަޝީދު އިންތިޚާބުވެއްޖެއެވެ. މި އިންތިޚާބު ބާއްވާފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން ޢަބްދުﷲގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އަދާލަތު ޕާޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޝައިޚް ޝިފާން މި އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 99 އިންސައްތަ ތާއީދާއެކުގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 22 އިންސައްތަ މީހުންނެވެ. މިފަހަރުގެ އިންތިޚާބު […]

ޝިއުނާ އާދަމް