މިދިޔަ އަހަރު އިސްލާމީ ދާއިރާއިން 90 މަޝްރޫޢެއް، މިސްކިތްތައް މަރާމާތުކުރުމަށް 19.4 މިލިއަން
ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ޖުމްލަ 90 މަޝްރޫޢެއް ކުރިއަށް ގެންގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް 19.4 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިސްލާމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ނިމިދިޔަ އަހަރު 74 މިސްކިތަކާއި، 7 އިސްލާމީ މަރުކަޒަކާއި، 3 ޤުރުއާން މަރުކަޒެއްގެ އިތުރުން 6 ވަޤްފު ބިނާއެއ...