ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ހިތްހަމަނުޖެހުމަކާ ގުޅިގެން ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ މައްސަލައިގައި، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށް، 255 ޔޫރޯ (285 ޑޮލަރު) އިން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޕޯޗުގަލް ފުޓްބޯލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކައުންސިލުންނެވެ. އުމުރުން 41 އަހަރުގެ ފޯވާޑާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ފުރިހަމައަށް ސާބިތުވާ ކަމަށް ނިންމައި ހޯމަ ދުވަހު […]
އަޙްމަދު ވަހީދު
ސޯޝަލް މީޑިއާގައި އިޒްރޭލުގެ ދިފާއުގައި އަޑުއުފުލައި މަސައްކަތް ކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބޮޓްތައް ބޭނުންކޮށްގެން ވަރުގަދަ ޕްރޮޕެގެންޑާ ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފިއެވެ. ސަރަހައްދީ ހަނގުރާމަތަކުގެ ތެރެއިން އޮންލައިން މައުލޫމާތުގެ މައިދާނަކީ އިޒްރޭލުގެ “8 ވަނަ ފްރަންޓް” ނުވަތަ 8 ވަނަ ހަނގުރާމައިގެ މައިދާން ކަމުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އިޒްރޭލާ ދެކޮޅަށް އޮންލައިންކޮށް ހިންގާ ހަރަކާތްތަކުގެ އިސް...
ނާޒިމާ އަލީ
ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ. މި ބަދަލާއެކު އެ ސިޓީގައި ފެނަކައިން ދެމުން އައި ކަރަންޓުގެ ޚިދުމަތްތައް ދެން ކުރިއަށްދާނީ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ. ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ...
އަޙްމަދު ވަހީދު
ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ދެކޮޅަށް ފްރާންސްގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެން، އެ ގައުމުގެ އުތުރުގެ ހަތަރު ސިޓީއެއްގައި ކާފިއު އިއުލާންކޮށްފިއެވެ. ފާއިތުވި ހަފުތާ ބަންދުގައި މުޅި ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ 1،000 އެއްހާ އޮފިސަރުން ޒަޚަމްވެފައިވާއިރު، މަގުމަތީގެ ހާލަތު ކޮންޓްރޯލުން ނެއްޓެމުންދާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ފުރުސަތު ވެސް ސަރުކާރުން ނަގައެއް ނު...
ނާޒިމާ އަލީ
ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި ދެ މިންގަނޑެއް ކަމަށްވާ “ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް” އަދި “ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ” މިއަދު އިފްތިތާޙުކޮށްފިއެވެ. މި މުހިންމު ލިޔެކިޔުންތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ހެލްތު މިނިސްޓްރީން ބުނީ، މިއަދު ތަޢާރަފުކުރެވުނު މި އުސޫލުތަކަކީ...
ޝިއުނާ އާދަމް
ފައިސާގެ ދަތިކަމާ ހުރެ ޣައްޒާއަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީގެ ތިންބައިކުޅަ އެއްބައި މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ހޯމަ ދުވަހު ހާމަކޮށްފިއެވެ. ފިނި މޫސުން ކުރިމަތިވަމުން އަންނައިރު އަޅަން ޖެހުނު މި ފިޔަވަޅުގެ ސަބަބުން، ކާބޯތަކެތީގެ ނާޒުކު ހާލަތުގައި ތިބި ބައި މިލިއަން މީހުންނަށް ކޮންމެހެން ބޭނުންވާ މުހިންމު އެހީތެރިކަން މިހާރު ވަނީ މެދުކެނޑިފައެވެ. އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި އެހީ ފޯރުކޮށްދޭ މީހުންގެ އަދަދު […]
ނާޒިމާ އަލީ
ފ. ބިލެތްދޫއަށް ދަތުރުކުރި ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު، އޭނާ ގެންގުޅުނު ފޮށިގަނޑަކުން 600 އަށް ވުރެ ގިނަ މަސްތުވާތަކެތީގެ ޕެކެޓާ އެކު ފުލުހުން އަތުލައިގެންފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ބިލެތްދޫ، ސާމަރާމަންޒިލް، ޢުމުރުން 43 އަހަރުގެ ޖަމްޝީދު އިސްމާޢީލެވެ. އޭނާ ހައްޔަރުކުރީ ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ބިލެތްދޫއަށް...
ޔުމްނާ ޢަލީ
ހއ. އުތީމުގައި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އުތީމު ކައުންސިލުން ބުނިގޮތުގައި މިއީ އެ ކައުންސިލާއި ދިވެހި ފުލުހުން ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައެވެ. އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބާއްވާ މި ޕްރޮގްރާމަށް އުތީމުގެ 18 އަހަރުން މަތީ ހުރިހާ ބެލެނިވެރިންނަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.
ޔުމްނާ ޢަލީ
އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި، އެ ގައުމުގެ 70 އާއި 80 އާ ދެމެދުގެ އަދަދަކަށް މަތިންދާބޯޓަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރެއިން 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ބޯޓު އެއްކޮށް ހަލާކުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ގައުމީ އެއާލައިން “އީރާން އެއާ” އިން ހާމަކޮށްފިއެވެ. އީރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ”ހޯމާ”ގެ ނަމުން ވެސް މަޝްހޫރު އީރާން އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) […]
ނާޒިމާ އަލީ
ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޤައުމީ އަރުޝީފަށާއި، ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައި ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ހުޅުވާލި ބީލަމުގެ މުއްދަތު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން އިތުރުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތަށާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚަށް ބަދަލު ގެނައީ، ބީލަން އިވެލުއޭޓު ކުރުމަށް ބޭނުންކުރާނެ މިންގަނޑަށް ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން ކަމަށެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް [...
ޔުމްނާ ޢަލީ
ހަފުތާ ބަންދުގައި ފްރާންސްގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާއި ވައްކަމާއި ލޫޓުވުންތަކާ ގުޅިގެން، އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހޯމަ ދުވަހުގެ އިރުއޮއްސޭ ވަގުތުން ފެށިގެން ވަކިވަކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ކާފިއު ހިންގުމަށް ނިންމައިފިއެވެ. މިނިސްޓްރީތަކުގެ މެދުގައި ބޭއްވި ކުއްލި ކާރިސާގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ، ހޯމަ ދުވަހުގެ ރެއިން ފެށިގެން ބައެއް ސަރަހައްދުތަކުގައި ކާފިއު...
ނާޒިމާ އަލީ
ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބާރުއެޅުމުގެ ގޮތުން، 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދުގައެވެ. މި ފަހުމުނާމާގައި ތިމާވެއްޓާ ބެހޭ ވުޒާރާ...
ޝިއުނާ އާދަމް
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ މާގަސްތަކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާނުކޮށްފިއެވެ. ކައުންސިލުން ބުނީ މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މާއުނގޫދޫ ކައުންސިލުން ހޯދަން އިއުލާނުކޮށްފައިވަނީ ހަ ކުލައަކުން ދެ ފޫޓަށް ރޯކޮށްފައިވާ 100 މަލިކުރުވާމާ ގަހާއި، ހަތަރު ކުލައަކުން ރޯކޮށްފައިވާ 50 ސައިމާ ގަހެވެ. މި ބާވަތްތަކުގެ ގަސްތައް ފޯރުކޮށްދިނުމަށް އެދި ކައުންސި...
ޔުމްނާ ޢަލީ
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް މާލީ ވުޒާރާއާއެކު އިއްޔެ ބާއްވައިފިއެވެ. މާލީ ވުޒާރާގެ އިސްވެރިންނަށް އަމާޒުކޮށްގެން ބޭއްވި މި މަޢުލޫމާތު ސެޝަނުގައި، “ރެސްޕެކްޓް ކެމްޕެއިން”ގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ވަނީ ދީފައެވެ. އަދި މި ޚާއްޞަ ޤައުމީ ކެމްޕެއިނުގެ ލަނޑުދަނޑިތަކަށް އެ ވުޒާރާގެ އިސްވެރިން އަހުލުވެރިކުރުމުގެ ކަންކަން ވެސް މި ބައްދަލުވުމުގެ ތެރެއިން ވަނީ...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 500 ހައުސިން ޔުނިޓާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި ތިމާވެށީގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. ހަނިމާދޫ ކައުންސިލުން ބުނީ މި މަޝްރޫއާ ގުޅޭ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ އީއައިއޭ ރިޕޯޓް އެކުލަވައިލުމުގެ މަސ...
ޔުމްނާ ޢަލީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ކުރިއަށްދާ ފަސް އެއާޕޯޓެއްގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާ...
ޔުމްނާ ޢަލީ
ދިރުވާލައިގެން ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މި ދެ ފަސިންޖަރުން އަތުލައިގެންފައިވަނީ ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުމުގެ ތެރޭގައެވެ. ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގެންފައިވަނީ ތައިލެންޑުން ރާއްޖެ އައި ނޭޕާލުގެ ދެ ފަސިންޖަރުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ 2026 ސެޕްޓެންބަރު 25 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހުއްޓުވީ އެއާޕޯޓުގައި...
ޔުމްނާ ޢަލީ