ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކުރިމަތިވާ މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަބްސިޑީގެ ނިޒާމުގެ ތެރެއިން އެ މާލީ ބުރަ ސަރުކާރުން އުފުލަމުންދާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރުން ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ “އަހާ” ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ރޭ ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ޒަރީރު ވިދާޅުވީ، 20...
ޔުމްނާ ޢަލީ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުންނެވެ. އެގޮތުން މ...
ޔުމްނާ ޢަލީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކޮށް، 2027 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ “އަހާ” ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ރޭ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް 119 ފިޓްނަސް...
ޝިއުނާ އާދަމް
ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ސްޕޮންޝަރ ކުރަށްވައި މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓި...
ޔުމްނާ ޢަލީ
ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓްތަކެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމ...
ޔުމްނާ ޢަލީ
މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ. ބާރަށް، ކާރނޭޝަންވިއު، އުމުރުން 35 އަހަރުގެ އިބްރާހީމް ކަލީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް...
ޔުމްނާ ޢަލީ
އިޒްރޭލުން ހިސޯރުކޮށްފައިވާ ހުޅަނގު އައްޑޭރީގައި ޔަހޫދީ ވަޒަންވެރިން ދިން އަނިޔާވެރި ހަމަލާއެއްގައި، އެމެރިކާގެ ދަ ވޮޝިންޓަން ޕޯސްޓް ނޫހަށް މަސައްކަތްކުރާ ފޮޓޯގްރާފަރު ހައިޑީ ލެވީންގެ މައިބަދައިގެ ބައެއް ކަށިތައް ބިންދައިގެން ގޮސް، އޭނާއަށް ސީރިއަސް ޒަޚަމްތަކެއް ވެއްޖެއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ މިފަދަ ހަމަލާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ދިން މި ހަމަލާގައި ލެވީންގެ މައިބަދައިގެ އިތުރުން ފޫކޮޅަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ...
ނާޒިމާ އަލީ
ގދ. ފަރެސްމާތޮޑާގެ ގެއެއްގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޮކްޓޫބަރު 19 ވަނަ ދުވަހުގެ ފަތިހު 04:15 އެހައިކަންހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި އެ ރަށު ކައުންސިލާ...
ޔުމްނާ ޢަލީ
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ވާތު ބެކް ނޫނޯ މެންޑޭޒްގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުޅުމާ ދުރަށް ދާންޖެހި ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ގެއްލިއްޖެއެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، ލިބުނު މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް މަދު ހަފުތާތަކެއްގައި މެންޑޭޒް ހުންނަން ޖެހޭނީ ކުޅުމާ ދުރުގައެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މެންޑޭޒްއަށް މި އަނިޔާވީ […]
އަޙްމަދު ވަހީދު
ށ. ކަނޑިތީމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން އެކުލަވާލި އުސޫލުގެ ޑްރާފްޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ކަނޑިތީމު ކައުންސިލުން ބުނި ގޮތުގައި، މި އުސޫލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރަސްމީ ގަޑީގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ. އަދި ރައްޔިތުންގެ ހިޔާލާއި އިސްލާހުތައް ހުށަހެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ ގޫގްލް ފޯމު މެދުވެރިކޮށެވެ. ކައުންސިލުން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރިއުޅ...
ޔުމްނާ ޢަލީ
ސަސްޕެންޝަނުގެ ސަބަބުން ބްރެޒިލްގެ ތަރި ވިނީސިއަސް ޖޫނިއާ ނެތި ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި، ކީލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމާ އެކު 4-1 އިން ސެވިއްޔާ ބަލިކޮށްފިއެވެ. ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އެމްބާޕޭ ވަނީ އިސްނަގައި، ޓީމުގެ ކުރީ ސަފުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެމްބާޕޭ ވަނީ ހިތްގައިމު ލަނޑެއް ޖެހުމުގެ އިތުރުން ޕެނަލްޓީއެއް ވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ 37 ވަނަ […]
އަޙްމަދު ވަހީދު
އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމަށް އެދުމުގެ ފުރުސަތު މިއަހަރު ހުޅުވާލައި، 1،500 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމް...
ޔުމްނާ ޢަލީ
އިސްރާއީލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާގެ ވިއެނާއަށް ދަތުރުކުރަމުންދިޔަ އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓަކަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ކުއްލި ހާލަތުގައި ބަލްގޭރިއާގެ ވެރިރަށް ސޯފިއާއަށް ޖައްސައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ކަމަށް ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެއާބަސް އޭ320 މަރުކާގެ އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓް ‘އޯއެސް82’ ރޫމޭނިއާގެ ބޯޑަރު ކައިރީގައި ވަނ...
ނާޒިމާ އަލީ
ސައޫދީ އަރަބިއްޔާގެ ނަޖްރާން ސިޓީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް، ޓެރަރިސްޓް ހޫޘީ މިލީޝިއާއިން ފޮނުވާލި ހަމަލާއެއް އަރައި، ސައޫދީގެ ހަ ރައްޔިތަކު ޒަޚަމްވެއްޖެއެވެ. އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ބައެއް ގޭގެއަށާއި އުޅަނދުތަކަށްވެސް ވަނީ އެކިވަރުގެ މާއްދީ ގެއްލުންތައް ލިބިފައެވެ. މި ހާދިސާއާ ގުޅޭ ތަފުސީލު ހާމަކުރަމުން ސައޫދީ އަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސުން ބުނީ، ހޫޘީން ފޮނުވާލި މި ހަމަލާ (ޕްރޮޖެކްޓައިލް) އަމާޒުވެފައިވަނީ ނަޖްރާންގެ އާންމުން ދިރިއުޅޭ އަވަށަކަށް...
ނާޒިމާ އަލީ
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ކުރިއަށްދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިރޭ ކުރިއަށްގެންދިޔަ ”އަހާ” ފޯރަމްގައި، ނ. ވެލިދޫގެ ރައްޔިތަކު ވަނީ އެ ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން ވަޒީރާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަޝްރޫޢުތަކާ ގުޅުންހުރި...
ޔުމްނާ ޢަލީ
މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމާ ގުޅިގެން، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500،000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފިއެވެ. މި ސްޕަވައިޒަރީ ފިޔަވަޅު އެޅުމަށްފަހު އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތ...
އަޙްމަދު ވަހީދު
އީރާނުގެ އާ ދިފާޢީ ވަޒީރުގެ މަޤާމަށް މެހްރުދާދް އަޚްލާޤީ ކެތާބްޗީ އައްޔަންކުރުމަށް އެ ޤައުމުގެ މަޖިލީހުން އާދީއްތަ ދުވަހު ފާސްކޮށްފިއެވެ. އީރާންގެ ދަޢުލަތުގެ މީޑިއާ އައިއާރުއައިބީ އިން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޖިލީހުގެ ޖަލްސާގައި، އަޚްލާޤީއަށް ރުހުން ދިނުމަށް 237 މެންބަރުން ވޯޓު ދެއްވި އިރު، ދެކޮޅަށް ވޯޓު ދެއްވީ 15 މެންބަރުން ކަމަށެވެ. ޖުމްލަ 277 މެންބަރުން ވޯޓުގައި ބައިވެރިވި މި ޖަލްސާގައި ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ. މަޖިލީހުގެ […]
ނާޒިމާ އަލީ
އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި މަޝްރޫޢުގެ ދަށުން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑި...
ޔުމްނާ ޢަލީ