ހދ. ކުޅުދުއްފުށީ ސިޓީގެ ކުޅި ހިމާޔަތްކުރުމަށާއި އެ ރަށުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅުންހުރި ފަރާތްތަކާއެކު ޤައުމީ ފެންވަރުގައި މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްވަރާތައް ކުރިއަށްގެންދަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ “އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ” (އ...
ޔުމްނާ ޢަލީ
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިކުނޑިއަށް ލޭއެޅިގެން އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން، އެމަނިކުފާނު ދުނިޔޭގައި ހުންނެވިކަން ހާމަކޮށްދިނުމުގެ ގޮތުން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އާ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށްފިއެވެ. މި ފޮޓޯތަކުން ފެންނަނީ ވެރިރަށް ޕިޔޮންގޔަންގުގައި ބޭއްވި އަންނައުނާއި ފައިވާނުގެ މައުރަޒެއް އެމަނިކުފާނު ބައްލަވާލައްވަން ހުންނަވަނިކޮށެވެ. ކިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ހަގީގަތާ ހިލާފު އަޑުތަކެއް ފެތުރެން ފެށީ އެމެރިކާގ...
ނާޒިމާ އަލީ
ކައުންސިލުގެ ހުއްދަނެތި ކުމުންދޫގެ ވަލުތެރެ ކޮށުމާއި އެއްވެސް ސަރަޙައްދެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ގަސް އިންދުމަކީ މަނާކަމެއް ކަމުގައި އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ. ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ އިދާރާގެ 5 ވަނަ ދައުރުގެ 22 ވަނަ އާންމު ބައްދަލުވުމުގައެވެ. ކުމުންދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ، އެ ރަށުގެ ވަލުތެރޭގެ އެކި ސަރަޙައްދުތައް ކޮށައި ސާފުކުރަމުންދާ ކަމަށެވެ. އަދި ހުއްދަ ނުހޯދައި ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައި ވަލުތެރެއިން ބިން ކަނޑައަޅައިގެން ގަސް...
ޝިއުނާ އާދަމް
ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ކަނޑުމަތިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ތަރިކަ، އުމުރުން 36 އަހަރުގެ މުޙައްމަދު ޘާޤިބް އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކާށިދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް، ކ. އޮޅަހަލި ކައިރި ކަނޑުމަތިންނެވެ. މި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެނ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ތިން ޑިރެކްޓަރުން މިއަދު ޢައްޔަނުކޮށްފިއެވެ. މި ތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަނުކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީން ވަނީ އެ ތިން ކުންފުނީގެ ބޯޑަށް މެންބަރުން ހަމަޖެއްސިކަން މިއަދު ހާމަކޮށްފައެވެ. ޕީސީބީން ހާމަކުރި ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބް...
އަޙްމަދު ވަހީދު
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ. މި މަގުބައްތިތައް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ޗައިނާ ސަރުކާރުން ހަދިޔާކުރި މި މަގުބައްތިތަކާ ހަވާލުވުމުގެ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑ...
ޔުމްނާ ޢަލީ
ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެތަނުގައި އަބަދުވެސް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށްޓަކައި، ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ މި ހަފްތާގެ ޕްރޮގްރާމުގައި ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަ...
ޝިއުނާ އާދަމް
ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިވިލް އަންހެން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ފޯރަމެއް ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގުގައި މިއަދު މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިން އިންތިޒާމުކޮށްގެންނެވެ. މި ފޯރަމަކީ ސިވިލް މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫޙާއި، މުއައްސަސާއަށް އޮންނަ ލޯބި އިތުރުކުރުމުގެ އިތުރުން ފަންނީ ހުނަރުވެރިކަން ކުރިއެރުވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވި ފޯރަމެކެވެ. މީގެއިތުރުން ފުލުހުންގެ ޚިދުމަތުގެ ލަނޑުދަނޑިތައް ޙ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރ...
ޔުމްނާ ޢަލީ
މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ “އާރުވެރި މެޗިންގ ގްރާންޓް” އާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ގްރާންޓާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން މިއަދު އެ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މ...
ޔުމްނާ ޢަލީ
ގދ. ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިނަދޫ، ރިހިކޮކާގެ، އުމުރުން 21 އަހަރުގެ މުޙައްމަދު އަފާޒު ބިން ޢަބްދުﷲ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިއީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެ...
ޝިއުނާ އާދަމް
ކުރިނބީގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ކެންވާ ކޯހެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ޚާއްޞަ ކޯހެކެވެ. ކުރިނބީ ކައުންސިލުން ބުނި ގޮތުގައި، މި ކޯހަކީ އެ ކައުންސިލާއި، އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރަށުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށެވެ. އެ ރަށުގެ މުއައްސަސާތަކުން މި ކޯ...
ޔުމްނާ ޢަލީ
ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅޭ ތިންވަނަ މެޗުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނުކުންނާނެއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައި ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. ދިއްދޫ ވަނީ ރަށުގައި މިހާތަނަށް ދެ މެޗު ކުޅެފައެވެ. އެ ދެމެޗު ވެސް ވަނީ ބަދުނަސީބު ގޮތަކަށް ދިއްދޫ ކުރީގައި އޮވެ ނިމެންދަނިކޮށް އެއްވަރުވެފައެވެ. މިގޮތުން އޮކްޓޯބަރު 10 ވަނަ ދުހު ނިއުއާއިއެކު ކުޅުނު މެޗު […]
ޔުމްނާ ޢަލީ
ޕްރިމިއާ ލީގުގައި ހުކުރު ދުވަހު އަމިއްލަ ދަނޑުގައި 1-3 އިން ކޮވެންޓްރީ ސިޓީ ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާއިން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މޮޅާ އެކު އެ ޓީމު ވަނީ ލީގު ތާވަލުގެ ފުލުން ސަލާމަތްވެ، ހަތަރު ދަރަޖަ މައްޗަށް ޖެހިލައި 16 ވަނައަށް އަރައިފައެވެ. ކޮވެންޓްރީ އޮތީ އެއް ދަރަޖަ ފަހަތުން ތާވަލުގެ 17 ވަނައިގައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޓޮޓެންހަމަށް ކުރިހޯދައިދިނީ އޭނާގެ ކުޑައިރުގެ ކްލަބާ ދެކޮޅަށް ކުޅުނު ޖޭމްސް […]
އަޙްމަދު ވަހީދު
ހޮރްމުޒް ކަނޑުއޮޅި (ސްޓްރެއިޓް އޮފް ހޮރްމުޒް) މަތިން ދަތުރުކުރަމުން ދިޔަ އެމެރިކާގެ “އެމްކިއު-9 ރީޕާ” މަރުކާގެ ޑްރޯނަކަށް މިސައިލް ހަމަލާއެއްދީ ވައްޓާލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހޯމަ ދުވަހު ބުނެފިއެވެ. އީރާނުގެ މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޒަމާނީ ވައިގެ ދިފާއީ ނިޒާމުގެ ހުޝިޔާރު ފަހުލަވާނުން ދިން މިސައިލް ހަމަލާއަކުން ދުރު ރާސްތާގެ އެމެރިކާގެ މި ޑްރޯނ...
ނާޒިމާ އަލީ
ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ދިގުފެތުމުގެ ފުރަތަމަ މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލާ ގުޅިގެން އެހީތެރިވެދޭނެ ވޮލަންޓިއަރުން ހޯދަން ވަށަފަރު ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން ބުނީ، މުބާރާތުގެ ތައްޔާރީތަކުގައާއި، އިންތިޒާމުތައް ހަމަޖެއްސުމުގައި އަދި މުބާރާތް ކުރިއަށްދާ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ހަރަކާތްތެރި، ހީވާގި ފަރާތްތަކަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި މި މުބާރާތަކީ...
ޔުމްނާ ޢަލީ
ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން މިއަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި މޮރޮކޯ އަށް ދިނުމަށް ކެފް އިން ނިންމި ނިންމުން ސެނެގޯލުން އިސްތިއުނާފު ކުރި މައްސަލައިގައި ގޮތެއް ނިންމާނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކޯޓުން ކަށަވަރުކޮށްދީފިއެވެ. ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ކާސް އިން ބުނީ މި މަރުހަލާއަށް މަދު ހަފުތާތަކެއް ބޭނުންވާ ކަމަށާއި، ކާސްގެ ރަސްމީ ނިންމުން ނުވަތަ “ކާސް އެވޯޑް” […]
އަޙްމަދު ވަހީދު
ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގެ މުއައްސަސާތަކަށް ބޭއްވި ”ޑަބްލިޔުޑީސީ އިންޓަރ އޮފީސް ވޮލީ ޓޯނަމެންޓް 2026”ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ފެނަކަ އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ (ށ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު)ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފެނަކައިން ހޯދީ ށ.އަތޮޅު ޕޮލިހާއި ވާދަކޮށެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ ހޯދީ އެސްއާރުސީ (ލޯކަލް ގަވަރމަން...
ޔުމްނާ ޢަލީ