މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުން، އެ މެންބަރުންގެ ދައުރުގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ އުސޫލު ނުވަތަ ‘ރިކޯލް ވޯޓު’ ބިލު ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބ...