ޤައުމުގެ ދިފާޢުގައި ޤުރްބާންވުމަށް ތައްޔާރު: އީރާނުގެ ރައީސް
އެމެރިކާއިން އީރާނަށް ދީފައިވާ ސުންގަޑިއެއް ހަމަވާން ގާތްވެފައިވަނިކޮށް، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އެމެރިކާއަށް ރައްދުދެއްވައި ވަރުގަދަ ޢަޒުމް ފާޅުކުރަށްވައިފިއެވެ. މިއަދު، 2026 އޭޕްރިލް 7 ވާ އަންގާރަ ދުވަހު ސޯޝަލްގެ އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ޤައުމުގެ ދިފާޢުގައި ފުރާނަ ޤުރްބާން ކުރުމަށް 14 މިލިއަނަށްވުރެ ގިނަ ރައްޔިތުން ތައްޔާރަށް ތިބި ކަމަށާއި، އޭނާ އަކީވެސް އީރާނަށްޓަކައި ފުރާނަ ދިނުމަށް ތައްޔާރަށް ހުރި މީހެއް ކަމަށެވެ. ޓްރަމްޕްގެ އިންޒާރ...