ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ ނާއިބުގެ މަޤާމުން އިބްރާހީމް ވަޙީދު (އިބްރޭ) ވަކިކޮށްފިއެވެ.
އިބްރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގާމުން ވަކިކުރިކަން މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) ހުރީ ''ރަނގަޅަށް މޮޔަވެފައި'' ކަމަށް އޭނާ ވިދާޅުވިއެވެ.
''އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަޅުގަނޑު އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބުގެ މަޤާމުން ވަކިކޮށްފި ކަމަށް ދެންމެ އަޅުގަނޑަށް އަންގައިފި، އެމްޕީ ގަޕޯ ރަނގަޅަށް މޮޔަވެއްޖެ'' އިބްރޭ ވިދާޅުވެފަވެއެވެ.
އިބްރޭ އަކީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަޅުގަނޑު @MDPSecretariat ޗެއަރޕާސަންގެ ނާއިބުގެ މަޤާމުން ވަކިކޮށްފި ކަމަށް ދެންމެ އަޅުގަނޑަށް އަންގައިފި، @mpgapo ރަނގަޅަށް މޮޔަވެއްޖެ pic.twitter.com/rwBSzBQ74u
— Ibrahim Waheed (@ibreys) April 7, 2026
މީގެ އިތުރުން އިބްރޭ އަކީ، 2009 އިން 2012އަށް އެމްޑީޕީގެ ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރޭ ވަނީ ފުރުއްވާފައެވެ.
އިބްރޭ އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބުގެ މަޤާމުން ވަކިކުރިއިރު، އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލު (ފަޔާ)ގެ ޓީމުގައެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް ވެސް ވަނީ ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!