މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,218 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2178 ވަނަ ޞަފްޙާ

ނޮޅިވަރަންފަރުގެ ޢީދު ހަދިޔާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް

ނޮޅިވަރަންފަރުގެ ޢީދު ހަދިޔާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް

ހދ ނޮޅިވަރަންފަރުގެ އަމިއްލަ ކްލަބެއް ކަމަށްވާ ބީއެގާރައި ގެ ފަރާތުން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އީދު ހަދިޔާ ބަހައިފި އެވެ. ނޮޅިވަރަންފަރުގައި އަލަށް އުފައްދާފައިވާ ކްލަބެއް ކަމަށްވާ ބީއެގާރައިން އޮންލައިން ނޫސް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން އެ ކަލްބުގެ މެންބަރެއްކަމަށްވާ ޝަހީމް އަހުމަދު ބުނީ މި ހަރަކާތަކީ އެ ކްލަބު އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެ ކްލަބުން އިސްނަގައިގެން އެރަށުގައި ދިރިއުޅޭ ހާއްސަ އެހީއަށް […]

އަބްދުﷲ ޝަފީޢު
ނައިވާދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި

ނައިވާދޫގައި އަންހެނުންގެ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި

ހދ.ނައިވާދޫގައި އަޟްހާ އީދުގެ މުނާސަބަތާއި ދިމާކޮށް، ފުޓްސަލް މުބާރާތެއް ފަށައިފިއެވެ. އެރަށު ޓްރެއިނާސް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ އަންހެނުންގެ މި ފުޓްސަލް މުބާރާތަކީ އެރަށުގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މުބާރާތެކެވެ. ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޓްރެއިނާސްެގެ އޮފިޝަލަކު ވިދާޅުވީ ޓްރެއިނާސް ވިމެން ފުޓްސަލް ޓޯނަމެންޓަށް ޓީމްތަކުން ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ކުޅުންތެރިން ޕްރެކްޓިސްކޮށް ހަދާފައިވާ ކަމަށެވެ. އަދި މިމުބާރާތް ދެން އަންނަ އީދުގައި މުޅި އަތޮޅަށް ހުޅުވާލުމަށް މަސައް...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން

ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން

އެއްވެސް މީހަކަށް އެއްވެސް ޒާތަކަށް ބުލީކުރެވިގެން ނުވާނެކަމަށްް ވިދާޅުވެ ކުޅުދުއްފުށީ މާލި ޕެރޭޑަށް ރައްދުވާ ގޮތަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީގެ މަށި މާލެ ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުހެން ޝިދާތާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޒާތެއްގެ އެއްވެސް ކަހަލަ ބުލީކުރުމެއް ބަލައި ނުގަނެވޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ. “(އޭގެ ތެރޭގައި) އަޅުގަނޑާ އަދި ތިބާއަށް ކުރެވޭ (ބުލީވެސް) ހިމެނޭ،”ޝިދާތާ […]

އިބްރާހިމް އަސްވާޤް
އިސްލާމް ދީނުގައި އިންސާނާގެ މަޤާމު

އިސްލާމް ދީނުގައި އިންސާނާގެ މަޤާމު

އިސްލާމްދީނަކީ އިންސާނާއަށް އެންމެ އިސް އަދި އެންމެ ޤަދަރުވެރި މަޤާމުދީފައިވާ ދީނެވެ. މިމަޤާމު ދީފައިވަނީ ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކީ ޤަބީލާއަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބެލުމެއްނެތިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމަވެގެންވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހަމަ ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. އިންސާނާ މޮޅުދެރަކަން ކަނޑައެޅިގެންދަނީ އޭނާގެ ކިބައިގައިވާ ތަޤުވާވެރިކަމުންނެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުން އެކަން ވަރަށް ރަނގަ...

Thiladhun
ޤަޟާ ޤަދަރަށް އީމާންވުން

ޤަޟާ ޤަދަރަށް އީމާންވުން

ލިއުނީ: އަލްއުސްތާޒާ ފާޠިމަތު ފަޒްނާ ލިބޭ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ. ހިންގުމުގެ ދާއިރާގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އެއަޑަކަށް ކަންފަތް ހޭނިފައިވާ އަޑެކެވެ. މުސާރަ ކުޑަވެގެން ތިބާ އެޝަކުވާ ކުރާ އިރު، ތިބާ އަށް މަސައްކަތް ކުރެވުނީ ކިހާ މިންވަރަކަށްތޯ ވިސްނާލީމުތޯއެވެ. މާތްﷲ ތިބާއަށް މިންވަރުކުރައްވާފައިވާ ރިޒްޤެއް އެހެންމީހަކަށް ނިގުޅައި ނުގަނެވޭނެކަމަށް ތިބާ ޤަބޫލުކުރަމުތޯއެވެ. މާތް ﷲ އިންސާނުންނަށް ގިނަގުނަވެގެންވާ ނިޢުމަތް ދެއްވާފައިވީ ހިނދު، އެނިޢުމަތްތަކާ...

Thiladhun
ށ.ފުނަދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމާލައިފި

ށ.ފުނަދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމާލައިފި

ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ށ.ފުނަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓުމަންޓު ގުޅިގެން ފުނަދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 36 ދަރިވަރުން ބައިވެރިވެ ސެޓްފ...

އިބްރާހިމް އަސްވާޤް
ޢީދު ދުވަހުވެސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ލޭއޮހޮރުވާލައިފި

ޢީދު ދުވަހުވެސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ލޭއޮހޮރުވާލައިފި

އިއްޔެ ފާހަގަކުރި މުސްލިމުންގެ އަޟްހާ ޢީދު ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ ލޭ އޮހޮރުވާލައިފިއެވެ. ޤަވައިދާ ޚިލާފަށް ފަލަސްތީނުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ 1729 މީހަކު އަޤްޞާ މިސްކިތުގެ ތެރެއަށް ވެއްދުމަށް އިޒްރޭލު ސިފައިން ހިންގި ހަމަނުޖެހުމުގައި އެވަގުތު އަޤްޞާ މިސްކިތަށް ޢީދު ނަމާދަށް ޙާޟިރުވެތިބި ފަލަސްތީނުގެ ރައްޔިތުންނަށްވަނީ ހަމަލާދީފައެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓާއި ހަވާލާދީ އަނަދަލޫ ނިއުސް އޭޖެންސީއިން ހާމަކުރި ގޮތުގައި ރަބަރު އުންޑައާއި ކަރުނަގ...

އިބްރާހިމް އަސްވާޤް

އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި އާސާރެއް ހުޅުވައިފި

“ރަށްވެހި އާސާރު” ގެ ނަމުގައި ކުޅުދުއްފުށީގައި އާސާރީ ތަކެތީގެ އާސާރެއް ހުޅުވައިފިއެވެ. އަމިއްލަ ފާރާތެއްކަމަށްވާ ކުޅުދުއްފުށީ ކޮކާހަނދުވަރު، އާރިފް ޢަލީ އޭނާގެ ގޭގައި ތަރައްޤީކުރި މިއާސާރު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ ޖަމްޝީދު މުޙައްމަދާއި ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު ޢަބްދުއްލަތީފެވެ. މިއަދު ހެނދުނު ކުޅުދުއްފުށީ ކޮކާހަނދުވަރުގޭގައި ހުޅުވި މިއާސާރުގައި ކުޅުދުއްފުށީގައި ބޭނުން ކޮށްފައިވާ ތަފާތު އާާސާރީތަކެތި ހު...

އިބްރާހިމް އަސްވާޤް
ބިލަބޮންގ ސްކޫލްގެ 18 ދަރިވަރުން  ޓްރިޕްވެރިންނާއިއެކު ޔޫކޭއަށް

ބިލަބޮންގ ސްކޫލްގެ 18 ދަރިވަރުން ޓްރިޕްވެރިންނާއިއެކު ޔޫކޭއަށް

ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިއަދު އިނގިރޭސިވިލާތަށް ފުރައިފިއެވެ. މިދަތުރުގައި އެސްކޫލްގައި ކިޔަވަމުންދާ 18 ދަރިވަރެއްގެ އިތުރުން 3 މުދައްރިސުން ބައިވެރިވެއެވެ. މިދަތުރުގެ އިންތިޒާމްތައް ހަމަޖައްސާ ޓްރިޕްވެރިންގެ ފަރާތުން މައުލޫމާތު ދެއްވި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވީ މިދަތުރަކީ ބިލަބޮންގ ސްކޫލްގައި އާރޓްއާއި ޘަޤާފަތް ކިޔަވަމުންދާ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރެއް ކަމަށާއި މިދަތުރ...

އިބްރާހިމް އަސްވާޤް
މިނިސްޓަރާ އެއްކޮށް ޖަހައިލާ ފޮޓޯއަކުން ހދ. ގައި ރިސޯޓެއް އެޅިގެން ނުދާނެ: ރާޢީ

މިނިސްޓަރާ އެއްކޮށް ޖަހައިލާ ފޮޓޯއަކުން ހދ. ގައި ރިސޯޓެއް އެޅިގެން ނުދާނެ: ރާޢީ

ސޯޝަލް މީޑިއާގައި މިނިސްޓަރާ އެއްކޮށް ޖަހައިލާ ފޮޓޯއަކުން، ނޫނީ ޖަހައިލާ ޓްވީޓަކުން ހދ. އަތޮޅުގައި އިތުރު ރިސޯޓެއް އެޅިގެން ނުދާނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތެއްތިރީސް ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ސަރުކާރުން އިޢުލާން ކުރި ޓޫރިޒަމް ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނާމެދު މަކުނުދޫ ދާއިރާގެ ވަރަށް ގިނަ ޒުވާނުންގެ ކަންބޮޑުވުން ފާޅުކުރައްވާ އެ މެމްބަރަށް ގުޅުއްވި […]

އަބްދުﷲ ޝަފީޢު
ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެސް އެ އެއާޕޯޓަށް މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށީ މިއަދު ހެނދުނު އެވެ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށްފަހު މިއަދު އެ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރި...

އަބްދުﷲ ޝަފީޢު
އަދީބުގެ ކުއްލި މައްސަލައަށް ނަޝީދުގެ ޖަޒުބާތީ ސުވާލުތަކެއް!

އަދީބުގެ ކުއްލި މައްސަލައަށް ނަޝީދުގެ ޖަޒުބާތީ ސުވާލުތަކެއް!

ދުވަހަކީ 5 އޯގަސްޓް 2019 ވީ ހޯމަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުން އިއްވީ މިއަދުގެ އެޖެންޑާގައި ވަރަށް ގިނަ އިބުތިދާއީ ބަހުސް ފެށިފައި އޮތް ބިލުތަކާއި އަދި ހަމައެހެންމެ، އެހާމެ ގިނަ ކޮމިޓީތަކުން ނިންމާފައި ހުރި މައްސަލަތައް އެބަހުރިކަމަށެވެ. ފުލުފުލުން ޖަލްސާ ބާއްވައިގެންވެސް ކުރަންހުރި މަސައްކަތްތައް ޢީދު ބަންދުގެ ކުރިން ނިންމަން ޖެހޭނެކަން އިޢުލާން ވެގެން ދިޔައެވެ. ނަމަވެސް މަޖިލީހުގެ ތަޅުން “ބިޒީ” ވެގެން ދިޔައީ އާދައިގެ މަތިން ފަޅުފިލުވަމުން ދާ “ކުއްލި […]

އަބްދުﷲ ޝަފީޢު
ފިއްޓޭ ކިޔައިދިން އަޅުކުއްޖާގެ ވާހަކައިން ސަމާލުކަން!

ފިއްޓޭ ކިޔައިދިން އަޅުކުއްޖާގެ ވާހަކައިން ސަމާލުކަން!

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މަޖިލީހުގެ ޖަލްސާގައި ދެއްކެވި އަޅުކުއްޖެއްގެ ވާހަކައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ. މަޖިލީހުގެ 29ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިއްޓޭ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ މީގެ ކުރިން އާމްދަނީ ހޯދުމަށް ވައްކަންކުރި ދެމަފިރިއަކު ގެންގުޅުނު އަޅުކުއްޖެއްކަމަށެވެ. “‎އަޅުގަނޑު މި ދައްކަނީ ވައްކަން ކުރަން، އާމްދަނީ ހޯދަން ވައްކަންކުރަން އުޅުނު ދެމަފިރިއަކު ގެންގުޅުނު އަޅު ކުއްޖެއްގެ ވާހަކަ. އެ...

Thiladhun
މަޖިލީހަށް އައީ މިގޮތަށް ވަގުތު ނަގާލާކަށް ނޫން: ސަލީމް

މަޖިލީހަށް އައީ މިގޮތަށް ވަގުތު ނަގާލާކަށް ނޫން: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ވަގުތެއް މި ދުއްވައިލަނީ އެއްވެސް އޮއްޓަރެއް ނެތް މައްސަލައަކަށް ވާހަކަދެއްކުމަށް ކަމަށާއި މި މަޖިލީހަށް އައީ މިގޮތަށް ވަގުތު ނަގާލަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ. ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ބިރުދައްކާ، އިންޒާރުދީ، ފްރޭމްކޮށްފައިވާކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށ...

އަބްދުﷲ ޝަފީޢު
މެނިފެސްޓޯގައި ހުރި ކަންކަން ރަނުން ރަނަށް ފުއްދައިދެމުންދާނެ: ވަޙީދު

މެނިފެސްޓޯގައި ހުރި ކަންކަން ރަނުން ރަނަށް ފުއްދައިދެމުންދާނެ: ވަޙީދު

މި ސަރުކާރުން މެނިފެސްޓޯގައި ހުރި ކަންކަން ރަނުން ރަނަށް ފުއްދައިދެމުންދާނެ ކަމަށާއި ހަމަ އެގޮތަށް ރައްޔިތުގެ މަޖިލީހުގައި ވެސް އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ކުރިއަށްދާނެކަމަށް ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެންބަރު ޢަބްދުﷲ ވަޙީދު މިހެން ވިދާޅުވީ، އެންޓި ކޮރަޕްޝަންގެ ކުރީގެ ރައީސް ޙަސަން ލުޠުފީއަށް ބިރުދައްކާ، އިންޒާރުދީ، ފްރޭމްކޮށްފައިވާކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް ގައި ވާހަކަފުޅު...

އަބްދުﷲ ޝަފީޢު
ހަނިމާދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ހިނގާނެ: ޢަބްދުލްޣަފޫރު

ހަނިމާދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ހިނގާނެ: ޢަބްދުލްޣަފޫރު

ހދ. ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެ ހދ. ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނަވާވީސްވަނަ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން މެމްބަރު ޢަބްދުލްޣަފޫރު ވިދާޅުވީ ހދ. ހަނިމާދޫ ދާއިރާގައި ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހިނގާނެކަމަށާއި އަދި ހަނިމާދޫގެ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގަ...

އަބްދުﷲ ޝަފީޢު