ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮއްފައިވާ ކާޑިއޯ ސެންޓަރާއި ސީޓީގެ ހިދުމަތް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ނައިބުރައީސް ފައިޞަލް ނަޞީމް ހުޅުވައިދިނުމަށް ހަމަޖެހިއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮއްފައި ވާ ކާޑިއޯ ސެންޓަރ ހުޅުވުމުން އެތަނުންލިބޭނެ ހިދުމަތް ތަކުގެ ތެރޭގައި ކާޑިއެކް ކޮންސަލްޓޭޝަން ، އިކޯ ކާޑިއޯގްރާމް ، ހޯލްޓަރސް މޮނިޓަރިން ، އީސީޖީ އަދި ޓީ އެމް ޓީ ފަދަ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މި ޚިދުމަތް ދޭ ސެންޓަރެއް ޤާއިމް ކުރެވޭ ފުރަތަމަ ފަހަރުވެސްމެއެވެ.

Ad
rt

ރަސްމީކޮށް އިފްތިތާހު ނުކުރިނަމަވެސް މިއަހަރުގެ ޖުލައި 2 ވަނަ ދުވަހުންފެށިގެން ސީޓީސްކޭން ހިދުމަތް އެހޮސްޕިޓަލުން ދޭންފަށާފައި ވާއިރު، ފާއިތުވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެހޮސްޕިޓަލުން، ސީޓީސްކޭން ހިދުމަތް 82 މީހަކު ހޯދާފައިވާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން އެހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރު ހެދުމަށް "ވޭވްލެންތް" ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ މިއަހަރުގެ ޖުލައި 30 ގައެވެ.

މީގެ އިތުރުން ހދ.ކުޅުދުއްފުށީ ހޮސްޕިޓަލަކީ ހދ، ގެ އިތުރުން ހއ އަދި ށ އަތޮޅުގެ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއްކަން ފަހަގަކުރެވެއެވެ،