ގާރޑިއަންސް އޮފް ދަ ހޮރައިޒަން އަކީ މިހާރު މާލޭގައި މަޝްހޫރު ވަމުންއަންނަ ފަތަން ދަސްކޮށްދޭ ބައެކެވެ.
ގާރޑިއަންސް އޮފް ދަ ހޮރައިޒަންގެ ފަރާތުން އެއްގޮތަކަށްވެސް ފަތަން ނޭގޭ ކުދިންނަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަތަން ދަސްކޮށްދިނުމަށްފަހު ސެޓިފިކެޓްދެއެވެ.މީގެ އިތުރުން ފަތަންދަސްކޮށްދިނުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން ކޯޗުންގެ އެހީގައި މޫދު ދެކެ ބިރުގަންނަ، ކުދިން މޫދަށް ހާނުވައިގެން ބިރު ކަނޑުވައިދީ، ފަތަންނޭގޭ ބިރުގަންނަ ކުދިންނަށް ފުރަތަމަ ދަސްކޮށްދޭނީ ތިލަ، ފައިޖެހޭ ސަރަހައްދުގައި ކަމަށް އެފަރަތުން މައުލޫމަތު ދެއެވެ،
މީގެ އިތުރުން ބޮޑެތިމީހުންނަށް ޚާއްޞަ ކުލާހެއް މިހާރު ވަނީ ހުޅުވާލާފައިވައިރު، އަންހެން ބޭފުޅުންނަށް ޚާއްޞަ ކުލާހެއްވެސް ވަކިން ހިންގެމުންދާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.އަންހެން ބޭފުޅުނަށް ހިންގާ ކުލާސްތަކުގައި ދަސްކޮށް ދެއްވާނީ އަންހެން ކޯޗުންނެވެ.
އެފަރާތުގެ ފަރާތުން ހިންގަމުންދާ ކްލާސްތައް އޮންނަ ގަޑި ތަކަކީ: ހެނދުނު 6.00 – 7.00 ހެނދުނު 7.00 – 8.00 ހަވީރު 4.00 – 5.00 ރޭގަނޑު 8.00 _ 9.00 މި ހުރިހާ ކުލާހެއްވެސް ނަގައިދިނުމަށް ހަމަޖެހިފައިވާ ތަނަކީ މާލޭގެ ފަތާ ޓްރެކްގެ މޫދަށް އެރޭ ސަރަހައްދެވެ.
މި ކްލާހުގައި ބައިވެރި ވުމަށް ނަގާ ފީ އަކީ މަހަކު 600 ރުފިޔާއެވެ. އަދި މިހާތަނަށް އެއްވެސް މުބާރާތެއްގައި ބައިވެރި ވެފައި ނުވިނަމަވެސް ގާރޑިއަންސް އޮފް ދަ ހޮރައިޒަން އަކީ ގިނަ އަދަދެއްގެ ކުދިންތަކަކަށް ފަތަން ދަސްކޮށްދިނުމަށްފަހު މުޖްތަމަޢަށް ނެރެދީފައިވާ ފަރާތެކެވެ.އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެފަރާތުގެ ފޯނު 7670230 އަދި މި ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯތައް ބަލާލަން ބޭނުންނަމަ އެފަރާތުގެ ފޭސްބުކްޕޭޖް (Guardians of the horizon) އިން ފެނިގެން ދާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!