ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ޤާނޫނު ނަމްބު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫން) އަށް ގެނައި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވަނީ މިމަހުގެ 16 ވީ ބުދަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 54 ވަނަ ޖަލްސާއިންނެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި 3 ވަނަ އިޞްލާޙުގައި ވަނީ އެ ޤާނޫނޫގެ 7 ވަނަ މާއްދާގެ (ނ) […]