އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެފިކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019 އިން 2024 އަށް އެކުލަވާލައިފައިވާ ސްޓްރެޓިޖިކް ޕްލޭންގެ ރޯޑް އެންޑް މެރިޓައިމް ޕޮލިސިންގައި އެކުލެވޭ، ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެފިކް އެވެއަރނަސްގެ ދެވަނަ ޕްރޮގްރާމް އެސްޓީއޯގެ މުވައްޒަފުންނަށް ފަށައިފިއެވެ. މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ އ...