މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,322 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2118 ވަނަ ޞަފްޙާ

ދާއިރާ ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައިފި

ދާއިރާ ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރެއްގެ ދާއިރާ ރައްޔިތުންނާ މަޖިލިސް ކުރާ ގޭގައި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު އައިމިނަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންނާ މަޖިލީހުގެ އިދާރާގައި ބައްދަލުކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި މެންބަރަކު އެކަމަށް އެދުމުން މަޖިލީހުގެ އިދާރާގެ މެމްބާ ސާވިސް ސެކްޝަނުން މެމްބަރުންނަށް އެކަންކަން ހަމ...

އިބްރާހިމް އަސްވާޤް
އާމިނަތު ނަޝާ ގެއްލިގެން ހޯދަނީ

އާމިނަތު ނަޝާ ގެއްލިގެން ހޯދަނީ

އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން  އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަމުން ދަނީ ކ.މާލެ، ހ.ލާމިޔާ، އާމިނަތު ނަޝާ ނާޝިދު (23އ) އެވެ. މި އަންހެން މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއިރުއެވެ. ވީމާ އާމިނަތު ނަޝާ ނާޝިދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 9631...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި

އިހަވަންދޫ ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދައިފި

ހއ އިހަވަންދޫގައި ބޭއްވި ބީއެމްއެލް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ސްޓޭސަންގެ ޓީމުން ހޯދައިފިއެވެ. އިހަވަންދޫ ކައުންސިލުން އިންތާޒާމުކޮށްގެން ބޭއްވި މި ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭ ބައްދަލުކުރީ އިހަވަންދޫ ޕޮލިސް އަދި ފެނަކަ އިހަވަންދޫ ބްރާންޗެވެ. މި މެޗު އިހަވަންދޫ ޕޮލިސް އިން ކާމިޔާބު ކުރީ 1-3 އިންނެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ ޕޮލިސް އެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ވާދަކޮށްފައެވެ. […]

އަޙްމަދު މުޖުތަބާ

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްއިން ދިމާވި "އިޔާން" އަށް މަންމައެއްގެ ހިފެހެއްޓުމެއްނެތް ތަޢުރީފް

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްއިން ދިމާވި އަޙްމަދު އިޔާން އަށް މަންމައެއްގެ ހިފެހެއްޓުމެއްނެތް ތައުރީފް އޮއްސާލައިފިއެވެ. މިދިޔަ ބުދަދުވަހު ހެންވޭރު ދަނޑުގައި ކުރިޔަށް ދިޔަ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އިން ދިމާވި އަޙްމަދު އިޔާންގެ ވާހަކައަށް ވަނީ އެތައްބަޔެއްގެ ސަމާލުކަން ލިބިފައެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އިޔާންއަށް އެތައްބަޔެއްގެ ތަޢުރީފް އާއި ސަމާލުކަން އަންނަނީ ލިބެމުންނެވެ. މަރިޔަމް އަބްދުލްރަޙްމާން އިއްޔެ ފޭސްބުކްގައި ކ...

ހުސައިން ހަބީބް

ހާލުގައި އޮތްދުވަހު ކުރެއްވި ހިދުމަތް ވެރިކަމުގައި އޮންނައިރުވެސް ކުރަން ބޭނުން : ޝިފާޒު

ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާއިއެކު ޕާޓީ މިއަދު ތަޖުރިބާ ކުރަންޖެހެނީ މުޅިން އާ ކަންތައްތަކެއް ކަމަށާއި އިދިކޮޅުގައި ހިތްވަރާއެކު ދެއްވި ޚިދުމަތް އެމްޑީޕީ ވެރިކަމުގައި އޮތްދުވަހު މާބޮޑަށްވެސް ދޭން ބޭނުންވާކަމަށް އެމްޑީޕީގެ ނައިބްރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރަކުންވެސް ކުރެއްވި ޝިފާޒު ވިދާޅުވީ ޕާޓީގެ ފާއިތުވެދިޔަ 14 އަހަރުގެ ދިގު ތާރީޚުގައި އެންމެ ހިއްދަތި އަހަރުތަކަކީ ނިމިދިޔަ 5 އަހަރުކަމަށެވެ. އަނިޔާވެރިކަމާއި، ޚުދ...

އަޙްމަދު މުޖުތަބާ

ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފި

ހދ ނޮޅިވަރަންފަރު ރައްޔިތުން ނިކުމެ އެރަށު ބައެއް މަގުތަކަށް ވެލިއަޅައި އެއްވަރުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ މިއީ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާއި ގުޅިގެން ރަށުގެ މަގުތަކުގެ ހާލަތު ވަރަށް ދަށްވެފައިވާތީވެ ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަޙްމަދު ވިދާޅުވީ ވާރޭ ވެހިއްޖެނަމަ އެއް ގޮތަކަށް ހިނގާ ނުލެވޭ ދެ ސަރަހައްދެއް ހުންނާނެކަމަށާއި ބޮޑަށް ޓާގެޓް ކުރަނީ އެ ދެސަރަހައްދަށް ކަމަށެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންގެ ބަ...

އަޙްމަދު މުޖުތަބާ

ގަލްފް އެއާގެ ދަތުރުތައް މިއަދު މާލެ އަށް ފަށައިފި

ބަހްރެއިންގެ ގައުމީ އެއާލައިނުން ހަފްތާ އަކު ފަސް ހަފްތާ އަކު ފަސް ފްލައިޓާ އެކު ގަލްފް އެއާގެ ދަތުރުތައް މިއަދު މާލެ އަށް ފަށައިފި އެވެ. މިއަދު ހެނދުނު 6:25 ގައި ގަލްފް އެއާގެ ފުރަތަމަ ފްލައިޓް ޖެއްސުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގެ ގަލްފް އެއާގެ ފްލައިޓް ކުރޫންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ވަނީ […]

އިބްރާހިމް އަސްވާޤް

މަސްތުވާތަކެއްޗާއެކު ކާށިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކާށިދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ 17:50 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށު މަގުމަތިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބ...

އިބްރާހިމް އަސްވާޤް
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަމްފަރު އަދި ހަނިމާދޫ މޮޅުވެއްޖެ

ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯލް މުބާރާތުގެ 2 މެޗު އިއްޔެވެސް ކުޅެފިއެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބާއި އާއި ޓީމް ކުޅުދުއްފުއްޓެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް 17-25 އިން ކާމިޔަބު ކުރިއިރު ދެވަނަ ސެޓު ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބުކުރީ 16-25 […]

އަޙްމަދު މުޖުތަބާ
"ވަރަށް ބޮޑު ކަމެއް ދެންމެ ހިނގައިފި" ޓްރަމްޕް

"ވަރަށް ބޮޑު ކަމެއް ދެންމެ ހިނގައިފި" ޓްރަމްޕް

ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ “ވަރަށް ބޮޑު ކަމެއް ދެންމެ ހިނގައިފި” ކަމަށެވެ. އެއާއެކު އެތައް ބަޔަކު ވަނީ އެއީ ކޮން ކަމެއް ކަން ސާފުކުރަން މަސައްކަތްފަށާފައެވެ. ހަމަ އެއާއެކު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުޔޯކް ގަޑިން، އާދިއްތަ ދުވަހުގެ 9:00 ޖަހާއިރު “ބޮޑު” ޚަބަރެއް އިއުލާނުކުރާނެ ކަމަށެވެ. އެއީ ރާއްޖޭ ގަޑިން މިރޭ 6:00 އެވެ. https://twitter.com/realdonaldtrump/status/1188264965930700801?s=12 ބޭރުގެ ބައެއް ނޫސްތަކުން ބުނަމުން ދަނީ އެއީ އެމެރިކާގެ އަސްކަރިއ...

އިބްރާހިމް އަސްވާޤް

ދަރިފުޅު ހޭލިއިރު މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ބައްދާލުމަކުން ހެއްޔެވެ؟

ދަރިފުޅު ހޭލިއިރު އޭނާއަށް މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ގަޔާއިކައިރިކޮށް ބައްދާލުމަކުން ހެއްޔެވެ؟ ދުވަސް ފެށުމަށް ދަރިފުޅަށް ދެވޭނެ އެންމެބޮޑު ހަދިޔާއަކީ އުފާވެރި ހިނިތުންވުމަކާއި ހިތުގެ ގާތްކަމެވެ. އެއީ ފައިސާ ދީފައި ގަންނަންޖެހޭ އެއްޗެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ލޯބިން ފުރިފައިވާ ހިތެކެވެ. ހިތްހެޔޮކަމާއި ލޯބީގެ ސާލެއްގެ ތެރެއަށް ހޭލެވުމަކީ ދުވަހުގެ ގޮންޖެހުންތަކާއި ކުރިމަތިލާ ހުރަސްތައް ގިރާކޮށް ކާމިޔާބު ހޯދުމަށް ކުއްޖަކަށް ދެވޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ. ކިތަންމެ ކުޑަ ވަގުތ...

މުޙައްމަދު ޝިހާބް

“ޕިންކް ރިބަން ރަން ވޯކް” ތިލަދުންމަތީގެ ރަށްރަށުގައި ބާއްވައިފި

އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން “ޕިންކް ރިބަން ރަން ވޯކް” ގެ ނަމުގައި ބޮޑު ހަރާކަތެއް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވައިފިއެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި މިހަރަކާތް މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހއ ދިއްދޫ ހއ އިހަވަންދޫގެ އިތުރުން ހދ ކުޅުދުއްފުށީގައި އަދި އިތުރު ރަށްރަށުގައި […]

ޔުމްނާ ޢަލީ
ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފި

ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފި

ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ. މޯލްޑިވްސް ޕޮލިސްސާރވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދި ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ. ފަހަކަށް އައިސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނުނާ، ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި އެޤޫނޫނާ ޚިލާފު ޢަމަލުކުރަމުންދާކަމަ...

އިބްރާހިމް އަސްވާޤް
ޑިސެމްބަރ އަދި ޖަނަވަރީ މަހަށް "ގޯއެއާރ" ގެ ޝެޑިއުލް އާންމުކޮށްފި

ޑިސެމްބަރ އަދި ޖަނަވަރީ މަހަށް "ގޯއެއާރ" ގެ ޝެޑިއުލް އާންމުކޮށްފި

ކުރިޔަށް މިއޮތް ބޮޑު ބަންދަށް “ގޯއެއާރ” އިން ދިވެހިރާއްޖެއަށް ދަތުރުކުރާ ޝެޑިއުލް އާންމުކޮށްފިއެވެ. ޑިސެމްބަރ 1 އިން ފެށިގެން 2020 ޖަނަވަރީ 31 އާއި ހަމައަށް ކޮންމެ ހަފްތާއަކު 5 ދުވަހު، ގޯއެއާރ ގެ ފްލައިޓް ދަތުރުތަށް ރާއްޖެއަށް ކުރުމަށްވަނީ ތާވަލުކޮށްފައެވެ. އިންޑިއާގެ 3 ސިޓީއަކުން ގޯއެއާރ ގެ ދަތުރަތަށް ރާއްޖެއަށް ކުރާނެއެވެ. އެގޮތުން ކޮންމެ އާދިއްތަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގައި މުމްބާއީ އިން މާލެއަށް އަދި މާލެއިން މުމްބާއީ އަށް ދަތުރުތައް ކުރާއިރު ކޮންމެ […]

އަޙްމަދު މުޖުތަބާ
642 ފުޅި ބަނގުރާ ހއ ހދ އަތޮޅުން ނައްތާލައިފި

642 ފުޅި ބަނގުރާ ހއ ހދ އަތޮޅުން ނައްތާލައިފި

އެކި މައްސަލަތަކުގައި ހދ އަދި ހއ.އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ ވަނީ ނައްތާލާފައެވެ. ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދިޔަ މި މަސައްކަތުގައި ނައްތާލާފައިވަނީ 642 ބްރޭންޑެޑް ބަނގުރާ ފުޅި އ...

އިބްރާހިމް އަސްވާޤް
ޑައިވު ކުރަނިކޮށް ހާލުދެރަވި މީހަކު މާލެ ގެނެސްފި

ޑައިވު ކުރަނިކޮށް ހާލުދެރަވި މީހަކު މާލެ ގެނެސްފި

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވެ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު، ޞިއްޙީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު 15:35 ހާއިރު މާލެ ގެނެސްފިއެވެ. އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 35 އަހަރުގެ ފިރިހެން މި ޒުވާނާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން މިއަދު...

އިބްރާހިމް އަސްވާޤް
ވިޔަފާރިއެއް ފަށަން އެންމެ ފަސޭހައީ ނިއުޒިލޭންޑް ގައި

ވިޔަފާރިއެއް ފަށަން އެންމެ ފަސޭހައީ ނިއުޒިލޭންޑް ގައި

ޒުވާން ވިޔަފާރިވެރިން ގިނަ މިޒަމާނުގައި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުން ވަރަށް ގިނަ ކަންކަމާއި ވިސްނާނެއެވެ. ހާއްސަކޮށް ފަށާނެ ވިޔަފާރިއަކާއި ވިޔަފާރި ހިންގާނީ ކޮންތާކުތޯ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. އެންމެ އަވަހަށް، އެންމެ ފަސޭހައިން ވިޔަފާރި ފެށޭނީ ކޮންތާކުތޯވެސް ވިސްނަން ޖެހެއެވެ. ނިއުޒިލޭންޑަކީ އެންމެ ފަސޭހައިން ވިޔަފާރިއެއް ފެށޭނެ ގައުމެވެ. ނިއުޒިލޭންޑުގައި ވިޔަފާރިއެއް ފެށުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވަނީ ދުވާލެއްގެ މަދު ގަޑިއިރުކޮޅެކެވެ. ވޯލްޑް ބޭންކ...

އަޙްމަދު މުޖުތަބާ

މިއަހަރުގެ މިހާތަނަށް އެސީސީ އިން ޕީޖީ އަށް ފޮނުވަން ނިންމާފައިވަނީ އެންމެ މައްސަލައެއް

މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ އެންމެ މައްސަލައެއް ކަމަށް އެކޮމިޝަނުން ހާމަކޮށްފައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލަ ކަމަށް އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭސީސީން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަހަރުގ...

އަޙްމަދު މުޖުތަބާ