ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން އުފައްދަނީ
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން އުފައްދާ ކުންފުނި މި ފެށޭ 2020 ވަނަ އަހަރުގެ ތެރޭ އުފެދިގެންދާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ. އެގޮތުން މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަންގެ ނަމުގައި އުފައްދާ މި ކުންފުނި ވުޖޫދަށް އައުމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ. ޕީއެސްއެމް ނިއެސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފި...