މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (13:20 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,328 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2075 ވަނަ ޞަފްޙާ

ވިލާއިން ބޭރު ބޯޓެއްގެ ހެވީ މެއިންޓަނަންސް ފަށައި، ތާރީޚްގެ ތެރެއަށް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކިދާއިރާތަކުން ވިޔަފާރި ކުރަމުން އަންނަ ކާމިޔާބު ވިޔަފާރި ކުންފުނި ވިލާ ގްރޫޕްގެ ދަށުން ހިންގާ، ވިލާ އެއަރއިން ރާއްޖެއިން ބޭރުގެ މަތިންދާ ބޯޓެއްގެ ހެވީ މެއިންޓަނަންސް މަސައްކަތްފެށުމާއެކު، އެޝަރަފް ހޯދި ފުރަމަ ދިވެހި ކުންފުނި ކަމުގައި ވިލާ ގްރޫޕް ވެއްޖެއެވެ. ވިލާ ތާރީޚްގެ ތެރެއަށްވަނީ މާމިގިލީ އެއާޕޯޓުގައި ވިލާ އެއާއިން ހިންގާ މެއިންޓަނަންސް ރިޕެއާ އެންޑް އޯވަހޯލް ފެސިލިޓީގައި ސްރީލަންކާގެ ޗާޓަރު އެއާލައިނެއް ކަމަށްވާ ފިޓްސް އޭވިއޭޝަންގެ މަތިންދާބޯޓެއް ހެވީ މެއިނ...

ޔުމްނާ ޢަލީ

ސުނާމީގެ ހަނދާންތައް ކަރީމުގެ ދުލުން، ހީކުރީ ދުނިޔެ ނިމުނީ ކަމަށް!

އުޑުމަތި ސާފު މޫސުން ރީތި ދުވަހެކެވެ. ހދ. ނޮޅިވަރަންފަރު ވައިޖެހޭގެ އަބުދުލް ކަރީމު އަބުދުއްރަޙްމާން އެވަގުތު މަޑުކޮށްލައިގެން ހުރީ ގޮނޑު ދޮށާ މާދުރުނޫން ހިސާބެއްގައެވެ. ޑިސެމްބަރ 26، 2004 ދުވަހު ހެނދުނު 9:23 ކަންހާއިރު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީގެ ކާރިޘާގައި، ހދ. ނޮޅިވަރަންފަރަށް ސުނާމީގެ ރާޅު ފޯރި ވަގުތާއި، އެދުވަހުގެ ހަނދާންތަކުން ކަރީމު ކިޔައިދިން ވާހަކަތަކުން މުހިންމުބައިތައް ލިޔެލާނަމެވެ. ހީކުރީ ދުނިޔެ ނިމެނީ ކަމަށް ކަރީމު މަޑުކޮށްލައިގެން ހުރިތަނަށް ދުވެފައި އައީ ކުޑަކުއްޖެކެވެ...

ޙުސައިން ޝަހުދީ

އާދަމް ސަލީމް ކަޕްގެ ފައިނަލްގެ ފަހު ޖާގަ ރިއަލް ސްޓާރސްއަށް

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗް ފަހު ޖާގަ ރިއަލް ސްޓާރސްްއިން ހޯދައިފިއެވެ. ރިއަލް ސްޓާރސްްއިން އާދަމް ސަލީމް ކަޕްގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ސެމީ ފައިނަލް މެޗުން އަހުލީގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. ރިއަލް ސްޓާރސްއިން މެޗްގެ ފުރަތަމަ ލަންޑު ޖެހީ މެޗްގެ 48 ވަނަ މިނިޓުގައި ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރ 11 […]

ޙުސައިން ޝަހުދީ

ބުރުގާ އަޅައި ފޭލި އަނދެގެން ކުރިސްމަސް ފާހަގަ ކުރިބަޔަކަށް އެތައްބަޔެއްގެ ފާޑުކިޔުން!

ބުރުގާ އަޅައި ފޭލި އަނދެގެން ކުރިސްމަސް ފާހަގަ ކުރިބަޔަކަށް އެތައްބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. މިއަދު މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ ރިސޯޓެއްގައި ކުރިސްމަސް ފާހަގަކުރުމަށް ދިވެހި އަންހެން ކުދިންތަކެއް ރަތް ބުރުގާ އަޅައި ފޭލި އަނދެ އަދި ކުރިސްމަސް ތާކިހާ އަޅާފައިވާ ފޮޓޯއެކެވެ. މިފޮޓޯގެ މެދުގައި ކުރިސްމަސް ހެދުން އަޅައިގެން ހުރި ފިރިހެނަކު ހުރި އިރު ފޮޓޯގެ ފަހަތުން ބޮޑުކޮން މެރީ ކުރިސްމަސް ލިޔެފައިވެއެވެ. މިފޮޓޯ އާއި ގުޅިގެން ގިނަބަޔަކު ދަނީ މީސްމީޑިޔާގައި ހިތްހަމަ ނުޖެހ...

ޔުމްނާ ޢަލީ

އާދަމް ސަލީމް ކަޕްގެ ސެމީ ފައިނަލް މެޗް ހަނިމާދޫ ފުޓްބޯޅަ ދަނޑުން

  ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ގެ ސެމީފައިނަލް މެޗް ފެށިއްޖެއެވެ. ފައިނަލްގެ ފަހުޖާގަ ކަށަވަރު ކުރުމަށް ކުޅެވޭ މިމުބާރާތުގެ ސެމީ ފައިނަލް މިމެޗްގައި ވާދަކުރަނީ ރިއަލް ސްޓާރސް އާއި އަހުލީއެވެ. މެޗްގެ ފުރަތަމަ ހާފްގެ 24 މިނިޓް ކުޅެވުނު އިރު ދެޓީމްގެ ފަރާތުން ފެންނަމުންދަނީ ހަމަ ހަމަ ކުޅުމެކެވެ. […...

ޙުސައިން ޝަހުދީ
ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް ނިންމައިފި

ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް ނިންމައިފި

ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މިއަދު އެމިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށްވުމަކީ މުހިންމުކަމެއްކަމަށެވެ. ނަމަވެސް މިހާރު، ދިރާސީ އަހަރުނިމި ސްކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެންބަރު އަދި ޖަނަވަރީ މަހެވެ. މިދުވަސްވަރު ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރ...

ޔުމްނާ ޢަލީ
ސާވިސް ޗާޖުގެ ޚަބަރާ އެކު "އަލީ ވަހީދު އިސްތިއުފާ" ގެ އަޑު ގަދަވެއްޖެ!

ސާވިސް ޗާޖުގެ ޚަބަރާ އެކު "އަލީ ވަހީދު އިސްތިއުފާ" ގެ އަޑު ގަދަވެއްޖެ!

ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުމުން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ފާޑުކިޔުން އޭނާއަށް އަމާޒު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަ ވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީން ހެދި ދިރާސާތަކުންނާއި މިނިސްޓްރީއަށް ލިބިފައިވާ ރެކޯޑުތަކުން ރިސޯޓުތަކުގެ ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށާއި އަދި އެކަމާ ދެކޮޅަށް “ފޭކް ޓޫވިޓަރ […]

ހުސައިން ހަބީބް

ރ. އަލިފުށިން މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ.އަލިފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު އަލިފުށިން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރ 25 ވަނަ ދުވަހު 17:40 އެހައިކަންހާއިރު އެރަށު އަތ...

ޔުމްނާ ޢަލީ
އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ފޮނުއްވައިފި

އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ފޮނުއްވައިފި

އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ފޮނުއްވައިފި އެވެ. ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވަނީ 26 ޑިސެންބަރު 2004 ގެ ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްދިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި މާތް الله ގެ ހަޒުރަތުގައި ދުއާ ދަންނަވަމުން ނެވެ. އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި […]

ޔުމްނާ ޢަލީ
ކޭތައިގެ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން: ޚުތުބާ

ކޭތައިގެ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަން: ޚުތުބާ

ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަންކަމަށް މިއަދު ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ. މިއަދު ހެނދުނު 8:50 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައިވާއިރު، ކޭތަ ނަމާދުގެ ޚުތުބާގައި ބުނީ، ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެން ނޫން ކަމަށާއި، މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށެވެ. ކުށްފާފަ ކުރުމާއި އުރެދުންތަކަށް އަރައިގަންނަ މީހުން...

ޔުމްނާ ޢަލީ
ރަޝިޔާގެ އަޒޫރު އެއާލައިންގެ ޗާޓަރ ދަތުރުތައް ރާއްޖެއަށް ފަށައިފި

ރަޝިޔާގެ އަޒޫރު އެއާލައިންގެ ޗާޓަރ ދަތުރުތައް ރާއްޖެއަށް ފަށައިފި

ރަޝިޔާގެ އަޒޫރު އެއާލައިންގެ ޗާޓަރ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. ރާއްޖޭގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ރިސޯޓް ލައިފް އާއި ރަޝިޔާގެ އެނެކްސް ޓުއާއާ ގުޅިގެން އިންތިޒާމްކުރާ މި ޗާޓަރު ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. މި ފުލައިޓުން 400 އަށް ވުރެ ގިނަ ރަޝިޔާ މީހުން އައެވެ. އަންނަ އަހަރުތެރޭ ރާއްޖެއަށް މި އެއާލައިންގެ ދަތުރުތައް ކުރަން ހަމަޖެހިފައިވާ ކަމަށާއި އަންނަ މަހު ވެސް މިއެއާލައިންގެ ދަތުރެއް ރާއްޖެ އަށް ކުރާނެކަމަށް ރިސޯޓް ލައިފް […]

ފާތިމަތު ސިނާޒާ
ކެލާ ކަނޑޫފާ ސަރަޙައްދު ސާފުކޮށްފި

ކެލާ ކަނޑޫފާ ސަރަޙައްދު ސާފުކޮށްފި

މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން އިސްނަގައިގެން ހއ.ކެލާ ކަނޑޫފާ ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހއ، ކެލާ ކައުންސިލްގެ އިދާރާއާއި ކެލާގައި އުފެދިފައިވާ ކްލަބު ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ. ހއ. ކެލާ ކަނޑޫފަލަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަނޑޫފާ ތަކުގެ ތެރެއިން ހަމައެކަނި ހއ. އަތޮޅުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ. ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މ...

އަލީ އާދިލް

ހޮނޑާފުށި ރިސޯޓުގެ ހާލަތު ބައްލަވައިދެއްވުމަށް ޓޫރިޒަމް މިނިސްޓްރުގެ އަރިހުން ޔާސިރު އެދިއްޖެ

ހޮނޑާފުށި ރިސޯޓުގެ ހާލަތު ބައްލަވައިދެއްވުމަށް ޓޫރިޒަމް މިނިސްޓްރުގެ އަރިހުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް އެދިއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރ އަލީ ވަހީދު ޓެގު ކުރައްވާ ޔާސިރު އިއްޔެ ކުރެވި ޓުވީޓެއްގައި ބުނެފައިވަނީ ހޮނޑާފުށީގެ ހާލަތު ވަރަށް ދައްކަމަށާއި އެރަށުގައި 200 މުވައްޒަފުން އުޅޭއިރު ދިވެހިންގެ އަދަދަކީ 20 ކަމަށް ބުނެފައިވެއެވެ. 1/2 With all due respect Minister @ali20waheed, I appreciate what you are doing to improve tourism […]

އަލީ އާދިލް
ސުނާމީގެ ބިޔަ ރާޅުތައް "އިންޑިޔާ ކަނޑަށް ފެތުރުނުގޮތް" ހީބިހި ނަގައިގެންދާ އެނިމޭޝަން ތަކެއް!

ސުނާމީގެ ބިޔަ ރާޅުތައް "އިންޑިޔާ ކަނޑަށް ފެތުރުނުގޮތް" ހީބިހި ނަގައިގެންދާ އެނިމޭޝަން ތަކެއް!

އެއީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ނޫނެވެ. ހަމަ ހަގީގަތެވެ. ހިންދު ކަނޑުގައި މި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނާމާން ކާރިޘާގެއެވެ. 2004 ވަނަ އަހަރުގެ، ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި 9 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު، އެތަކެއް ހާސް ކިލޯ މީޓަރުގެ ދުރަށް ކުރިއެވެ. އެއާއެކު، އުފެދުނު ބިޔަ ރާޅުގެ ވާހަކައަކީ ހަމަ ޔަގީނުންވެސް ދިވެހީންގެ ހަނދާނުން ފިލައިގެން ނުދާނޭ ފަދަ ބިރުވެރި އަދި ހިތާމަވެރި ވާހަކައެކެވެ. އިންޑޮނޭޝިއާގެ […]

ރަފާ މުހައްމަދު
ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢަތް ދަންނަ 1 ބޭފުޅަކު ނަމަވެސް ބެހެއްޓުމަށް ގޮވާލައިފި

ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢަތް ދަންނަ 1 ބޭފުޅަކު ނަމަވެސް ބެހެއްޓުމަށް ގޮވާލައިފި

ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢަތް ދަންނަ 1 ބޭފުޅަކު ނަމަވެސް ބެހެއްޓުމަށް ޝައިޙް ހުސައިން ރަޝީދު ގޮވާލައިފިއެވެ. ހުސައިން ރަޝީދު މިހެން ގޮވާލާފައިވަނީ އިއްޔެ އެބޭފުޅާގެ ފޭސްބުކްގައި ސުޕްރީމް ކޯޓުގެ ޕޮޓޯއެއް ހިމަނުއްވާ ލިއުއްވި ސްޓޭޓަސް އެއްގައެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި މަދުވެގެން އިސްލާމީ ޝަރީޢަތް ދެނެވަޑައިގަންނަވާ 1 ބޭފުޅަކު ހުންނެވުމަކީ ސުޕްރީމް ކޯޓުން ކުރަށްވާ އެންމެ ފަހުގެ ޙުކުމް ފުރިހަމަވެގެން ދާނެ ކަމެއްކަމުގައި ދެކެން. ނޫންނަމަ ރާއްޖޭގެ ސުޕްރިމް ކޯޓުގެ ހައިބަތ...

އަލީ އާދިލް

ސުނާމީ ކާރިސާއާގުޅިގެން ދިވެހި ސިފައިން އަދާކުރި މުހިންމު ދައުރު

ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. މި ކާރިސާގައި 82 ދިވެހިން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިއިރު، 8162 މީހުން ގޯތި ގެދޮރުނެތި ހާލުގައި ޖެހުނެވެ. އަދި 3997 ގޯތި ގެދޮރު މުޅިން ހަލާކުވެފައިވެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް އައި […]

Thiladhun
ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް!

ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް!

ނޮޅިވަރަމުގައި އާންމު ރައްޔިތުންގެ އެކިއެކި ބޭނުންތަކަށާއި ބައެއްފަރާތް ތަކުން ވިޔަފާރި އުސޫލުން ގައު އަޅާވިއްކުމަށް މިދުވަސްވަރު ގޮނޑުދޮށުން ގިނައަދަދަކަށް ވެލި ނަގަމުންދާތީވެ ރަށް ގިރުމުގެ މައްސަލަމިވަނީ ވަރަށް ބޮޑު ވެފައެވެ. މިދުވަސްވަރު އާދަޔާހިލާފަށް ނޮޅިވަރަމުން ވެލިނަގަމުން ދާތީ އަމިއްލަ ފަރާތަކުން ވަނީ އީ.ޕީ.އޭ އަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި މިމައްސަލަ މިހާރު އީ.ޕީ.އޭ އިން  ބަލަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިނޫހަށް މަޢުލޫމާތު ދެމުން ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބު...

ހުސައިން ހަބީބް
އުދަ އަރާނެކަމަށް ލަފާކޮށް ނ އަތޮޅުން އައްޑު އަތޮޅަށް ވައިޓް އެލާޓް ނެރެފި

އުދަ އަރާނެކަމަށް ލަފާކޮށް ނ އަތޮޅުން އައްޑު އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، އުދަ އަރާނެކަމަށް ލަފާކޮށް ނ އަތޮޅުން އައްޑު އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ނ އަތޮޅުން ފެށިގެެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިރޭ 23:00 އިން ފެށިގެން ދަންވަރު 03:00 އާއި ހަމައަށެވެ. Alert White for tidal wave surges. pic.twitter.com/f30DoAWHbn — Maldives Meteorology (@MetMaldives) December 25, 2019 […]

އަލީ އާދިލް