ސަފާރީތައް ބަނދަރުކުރުމަށްޓަކައި މާލެ އަތޮޅުން ފަޅެއް ކަނޑައަޅައިފިއެވެ
އިއްޔެ ބޭއްވި މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަފާރީތައް ބަނދަރުކުރުމަށް ފަޅެއް ހޯދުމަށް ސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކ އަތޮޅުން މާލެއާއި 8 ކިލޯމީޓަރު ދުރުން ފަޅެއް ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މާލެ އަތޮޅު ދިޔަނެރު ފަޅާއި ޖެހިގެން އޮތް ''ދިޔަނެރު 2'' ފަޅު ސަފާރީތައް ބަނދަރުކުރުމަށް އަންނަ އަހަރު ތަރައްޤީކުރާނެކަމަށެވެ.
ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ފުޅާވެ ބޮޑެތި ކުރިއެރުން ހޯދާފައިވާއިރު މި އުޅަނދުތައް ބަނދަރުކުރާނެ އެކަމަށް އެކަށޭނެ ފަޅެއް ނެތުމަކީ މިދާއިރާގައި އުޅޭ ފަރާތްތަކުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އައި ޝަކުވާއަކަށް ވާއިރު ސަރުކާރުގެ އަމާޒަކީ އެފަރާތްތަކުގެ އަޑު އަހައި އެކަމަށް އެކަށޭނެ ހައްލެއް ހޯދައިދިނުމެވެ.
ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ހުރިހާ ޤަވާއިދެއް އިއުލާނު ކުރާނެކަމަށާއި އުއްމީދަކީ އަންނަ އަހަރު މަސައްކަތްތެރިކަމުގެ ދުވަހުގެ ކުރިން މި މަސައްކަތް ނިންމޭނެކަމަށެވެ.
ހަމައެއާއެކު ބޯޓިންގ އެސޯސީއޭޝަނާއި ގުޅުންހުރި ޤަވާއިދުތައް ވެސް ރިވައިސްވެގެންދާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
ސަފާރީތައް ޚާއްސަކޮށްގެން ބަނދަރެއް ތަރައްޤީކުރުމަށް މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ޢިއުލާންކުރިއެވެ. އެހެންނަމަވެސް އޭގެ ފަހުން ބަނދަރު އެޅުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!