ޕޯޓްތަކުގައި ސްކުރީން ކުރަންފަށައިފި، ރާއްޖެއިން ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު އަދި ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ޕޯޓްތަކުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކުރީން ކުރެވެމުންދޭ. މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވޭ@MoHmv
— Health Protection Agency (@HPA_MV) January 25, 2020
ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ވައިރަސް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުންނަށް ޕޮޒިޓިވްވެ 41 މީހަކު ވަނީ މަރުވެފައެވެ.
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން މިހާރު ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.
ޗައިނާގެ އިތުރުން ތައިލޭންޑް އާއި ވިއެޓްނާމް އާއި ދެކުނު ކޮރެޔާ އާއި ސިންގަޕޫރް އާއި ޓައިވާންގެ އިތުރުން އެމެރިކާ އާއި ފްރާންސް އަދި ނޭޕާލުން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.
ޗައިނާ އިން މިހާރު އަންނަނީ މި ބަލި ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!