ނޮވެލް ކޮރޯނާވައިރަސްއިންގެ ސަބަބުން ދިމާވެދާނެ ހާލަތަކަށް ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތައްޔާރު ވެއްޖެއެވެ.

އެ އަރޕޯރޓްގެ ފަޔަރފައިޓަރުންނާއި، އީއެމްޓީސް އަދި އެއަރޕޯރޓް އެމެޖެންސީ ސަރވިސަސްއިން ވަނީ އެފަދަ ހާލަތަކަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ބުނެފައެވެ.

Ad
rt

މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްއިންވަނީ އެކަމަށް ތައްޔާރުވެފައިވާކަން ދައްކާލައިފައެވެ.

މޯލްޑިވްސް އެއަރޕޯރޓް ރެސްކިއު އެންޑް ފަޔަރ ފައިޓަރސް ސަރވިސަސްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ނޮވެލް ކޮރޯނާވައިރަސްއިންގެ ސަބަބުން ދިމާވެދާނެ ހާލަތަކަށް އެ އަރޕޯރޓްގެ ފަޔަރފައިޓަރުންނާއި، އީއެމްޓީސް އަދި އެއަރޕޯރޓް އެމެޖެންސީ ސަރވިސަސްއިން ތައްޔާރުވެފައިވެފައިވާކަމަށާއި، ރައްކާތެރިވެ ތިބުމަށެވެ.

24 ޖެނުއަރީ އާ ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓްކުރެވިފައިވެއެވެ. އެންމެ ގިނައިން އެ ވައިރަސް ފެނިފައިވަނީ 830 ކޭސް ރިޕޯޓްކުރި ޗައިނާއިންނެވެ.
އޭގެ ތެރެއިން ބަލިޖެހިގެން ބޮޑުވަރުވީ 177 މީހުނަށެވެ. އަދި 25 މީހުން ވަނީ އެ ޤައުމުން މަރުވެފައެވެ.

ޗައިނާގެ އިތުރުން ދެން އެންމެ ގިނަ ކޭސް ފެނިފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ތައިލެންޑުންނެވެ. އެ ޤައުމުން 4 ކޭސް ވަނީ ރިޕޯރޓްކޮށްފައެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.