ކޮރޯނާވައިރަސް: 20 ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 426 މަރުވެއްޖެ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް މިހާތަނަށް ވިހާހަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އެވައިރަސްގެ ސަބަބުން 426 މީހަކު މިހާތަނަށް މަރުވެފައި ވާކަމަށްވެސް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ. ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ ދުނިޔޭގެ ބައެއް ނޫސްތައް ބުނާ ގޮތުގައި ނޮވެލް ކޮރޯނާވައިރަސްގެ 20438 ކޭސް މިހާތަނަށް ރިޕޯރޓްކޮށްފައި ވެއެވެ. ޗައިނާގެ ވުހާއިން ފެތުރެންފެށި ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން އެ ޤައުމިގެ އިންވެގެން އޮނ...