ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް އެހީވުމުގައި މަޝްހޫރު އަހުމަދު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

ރާއްޖޭން ބޭރަށް ފުރުމަށް ސްރީ ލަންކަން އެއަރލައިންސްގެ މަތިންދާބޯޓެއްގައި އިންދާ ފުލުހުންވަނީ މިމަހުގެ 31 ވަނަ ދުވަހު އޭނާ ހުއްޓުވައި، ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެކަމާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.

އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާއިރު އޭނާ އަށް ގިނަ ތުހުމަތުތަކެއްކޮށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. ހިޝާނާ ބެހޭ ގޮތުން، ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރި އެއް ތުހުމަތަކީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ. އޭނާގެ ދިފާއުގައިވެސް މީހުންދަނީ ސޯސަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

ހިޝާނަށްވަނީ 2014 އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ޚިދުމަތް ކުރުމާއި، ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.