ލިވަޕޫލް އަދި ސައުތްއެމްޓަން ބައްދަލުކުރި މެޗް 4-0 އިން ސައުތްއެމްޓަން ބަލިކޮށް ލިވަޕޫލްއިން ތާވަލްގެ ކުރީގައި 22 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. މިއީ މިހާތަނަށް އިނގްލިޝް ޕްރިމިއަރ ލީގު ސީޒަނެއްގައި 25 މެޗަށް ފަހު ޓީމެއް މިހާ ބޮޑު ލީޑެއް ނެގި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ލިވަޕޫލްގެ ހަތަރު ގޯލްވެސް ފެނިގެންދިޔައީ މެޗްގެ ފަހުހާފަގައެވެ. ފުރަތަމަ ގޯލް މެޗްގެ 47 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނި އެލެކްސް އޮކްސްލޭޑް ޗެމްބަރލެންއެވެ. ދެވަނަ ގޯލް 60 ވަނަ މިނިޓަގައި ހެންޑަރސަން ކާމިޔާބުކޮށްދިންއިރު ފަހު ދެގޯލް 71 ވަނަ މިނިޓް 90 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސަލާހްއެވެ.
ރެގެ މޮޅާއިއެކު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 20 މެޗުން މޮޅުވެފައެވެ. އަދި މިދިޔަ ސީޒަނާއިއެއްކޮށް ބަލިނުވެ 42 މެޗް ވަނީ ހަމަކޮށްފައެވެ. ލިވަޕޫލް ތާވަލގެ އެއްވަނައިގައި އޮތީ 25 މެޗުން ޖުމަލަ 73 ޕޮއިންޓާއިއެކުއެވެ. މިހާތަނަށް މިސީޒަނގައި ލިވަޕޫލް ބަލިވެފައި ނުވާއިރު ލިވަޕޫލް ވަނީ އެއްމެޗް ފިޔަވާ ހުރިހާ މެޗަކުން މޮޅުވެފައެވެ.

އިނގްލިޝް ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަދި ވޮލްވްސް ބައަދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަސް ގޯލެއް ނުޖެހި 0-0 އިން ދެޓީމް އެއްވަރުވެގެންނެވެ. ޖެނުއަރީ ޓްރާނސްފާގައި ޔުނައިޓެޑާއި އަލަށް ގުޅުނު ބްރޫނޯ ފެރްނާންޑޭޒް ފުރަތަމަ އެގާރާގައި ހިމަނައިގެން ކުޅުނު ނަމަވެސް ބްރޫނޯ ފެރްނާންޑޭޒްއަށް މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއްވަނީ ނުވެފައެވެ.
ރޭގެ މެޗުން އެއްވަރުވުމުން ލިބުނު ޕޮއިންޓާއިއެކު ކުޅުނު 25 މެޗުން ޖުމްލަ 35 ޕޮއިންޓު ހަމަކޮށް ޔުނައިޓެޑް އޮތީ ތާވަލްގެ ހަވަނައިގައެވެ. ޔުނަޓެޑްގެ ފަހަތުން ލީގުގައި ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ވޮލްވްސް އޮތި ތާވަލްގެ ހަތް ވަނައިގައެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!