ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް މިހާތަނަށް ވިހާހަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
އެވައިރަސްގެ ސަބަބުން 426 މީހަކު މިހާތަނަށް މަރުވެފައި ވާކަމަށްވެސް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.
ކަމާއިބެހޭ އިދާރާތަކާއި ހަވާލާދީ ދުނިޔޭގެ ބައެއް ނޫސްތައް ބުނާ ގޮތުގައި ނޮވެލް ކޮރޯނާވައިރަސްގެ 20438 ކޭސް މިހާތަނަށް ރިޕޯރޓްކޮށްފައި ވެއެވެ.
ޗައިނާގެ ވުހާއިން ފެތުރެންފެށި ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން އެ ޤައުމިގެ އިންވެގެން އޮންނަ ހޮންކޮންގއިން ވެސްވަނީ ފުރަތަމަ ފަހަރަށް އެ ވައިރަސްގެ ސަބަބުން މީހަކު މަރުވެފައެވެ.
ކޮރޯނާ ވައިރަސްއަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ޗައިނާގެ މެއިން ލޭންޑުންނެވެ. އެންމެ ގިނައިން އެބަލި ޖެހުނު މީހުން ތިބި ޤައުމުތަކަށް ބަލާއިރު، ޗަޕާނުން އެވައިރަސްގެ 20 މީހުން ފެނިފައިވާއިރު ތައިލެންޑުންވަނީ 19 މީހުންވަނީ ފެނިފައެވެ. ހޮންކޮންގއާއި ސައުތު ކޮރެއާއިންކުރެ ކޮންމެ ޤައުމަކުންވެސް ވަނީ ބަލިޖެހިފައިވާ 15 މީހުން ފެނިފައެވެ.
ސިންގަޕޫރުން 13 މީހުން، އޮސްޓްރޭލިއާއިން 12 މީހުން، އެމެރިކާއިން 11 މީހުން ޓައިވާން އަދި ޖަރުމަނުން ކޮންމެ ޤައުމަކުން 10 މީހުން، މަކާއޯ އާއި މެލޭޝިއާއިން ކޮންމެ ޤައުމަކުން 8 މީހުން ފެނިފައިވެއެވެ.
މިބަލި މިހާރުވަނީ ދުނިޔޭގެ 25 ޤައުމަކަށް ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!