އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މާރިޗު މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫއިން އިއްޔެ ބުނީ، އެ ކުންފުނީގެ އޭޖީއެމް އޮންނާނީ އަންނަ މަހު ދެ ވަނަ ދުވަހުގެ ރޭގަޏޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައި ކަމަށެވެ.
މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30ރ. ބަހަން ހުށަހަޅާނެ އެވެ.
އުރީދޫ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަންޖެހޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.
އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ވަޑައިގެން ރެޖިސްޓަރ ކުރަން ޖެހެއެވެ. އަދި ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރި ނުވެވޭނެކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މޯލްޑިވްސްއިން ޚިއްސާއަކަށް 3 ރުފިޔާ 30 ލާރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހުށަހަޅާފައެވެ. އަދި އަހަރީ އާއްމު ޖަލްސާގައި މިކަމާމެދު ގޮތެއް ނިންމާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!