ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދަމުންދާ މެޑިކަލް ފެސިލިޓީގެ ނުނިމިހުރި ބައެއް މަސައްކަތްތައް އާރުސީސީގެ ވޯކްޝޮޕްގައި ފަށައިފި ކަމަށް އެކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އެ ކުންފުނީގެ ވޯކްޝޮޕްގައި ފަށާފައިވާ ކަމަށާއި އެ މަސައްކަތުގައި ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް ދަނީ ބައިވެރިވަމުންކަމަށޭވެ. އާރުސީސީން ބުނީ ގައުމު ބޭނުންވެއްޖެ ކޮންމެ ހިނ...
އިބްރާހިމް އަސްވާޤް
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ހާއްސަ ދަރުހެއް “ތިލަދުން” ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދޭން ނިންމައިފިއެވެ. “އެއްބައިވަންތަކަން” މި މައުޟޫއަށް ޝަހީމް ދެއްވާ ދަރުސް “ތިލަދުން” ފޭސްބުކް ޕޭޖު (https://m.facebook.com/Thiladhun/) މެދުވެރިކޮށް ލައިވް ކުރުމަށް ނިންމާފައިވަނީ މާދަމާ ހަވީރު 5:30 އިން 6:00 އަށެވެ. އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް ގެންދަވަނީ މިރޯދަމަހު އޭނާގެ ފޭސްބުކް އެކައުންޓ...
ޔުމްނާ ޢަލީ
ޓާސްކްފޯހަށް ނޭނގި މާލެއިން ކުޅުދުއްފުށްޓަށް މީހުން ފޮނުވުމުން ކަންބޮޑުވުން އިތުރުވެއްޖެއެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެންގުމަކާ ނުލައި އެމީހުން ފޮނުވާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށާއި މިއީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. މިދިޔަމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ވަގުތެއްގައި ކުޅުދުއްފުއްޓަށް މާލޭގައިތިބި ބަޔަކު ފްލައިޓެއްގައި ދިޔުމާއި ގުޅިގެން ކުޅުދުއްފުށީ...
އިބްރާހިމް އަސްވާޤް
ހއ. ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވި 3 މީހުން ކަރަންޓީނަށް ގެންދިޔަ އިރު އޭގެ ތެރޭގައި ނެގެޓިވްވި ކުއްޖަކު ކަރަންޓީނަށް ގެންދެވިއްޖެ ކަން އެނގުމުން ތަކަންދޫއަށް އިތުރު ހާސްކަމަށް ވެރިވެއްޖެއެވެ. ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވުމުން އެއަތޮޅު ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔައީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެކެވެ. ތަކަންދޫ ކައުންސިލްގެ ނައިބު ރައީސާ އައިޝަތު އާސިފާ މިނޫހަށް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވީ އަންހެން ކު...
އަލީ އާދިލް
ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ބޭނުންވާނެ ގިނަ ސިއްހީ އެހީގެ ސާމާނު ޗައިނާގެ ފަރާތުން ފޯރުކޮށްދީފިއެވެ. މި އެހީގެ ސާމާނުތައް ދިވެހިރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ޚާއްސަ ޗާޓަރ ފްލައިޓެއްގައެވެ. މި ފްލައިޓްގައި އެހީގެ ތަކެތި ފޯރުކޮށްދީފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލޭގެ ސިސްޓަރ ސިޓީ ކަމުގައިވާ ގުއަންގްޒީ ޝުއަންގ އޮޓޮނޮމަސް ރީޖަންގެ ސަރުކާރު، އަލީބާބާ ފައުންޑޭޝަން، ވާވެއި އަދި ދިވެހިރާއްޖޭގައި ހަރަކާތްތ...
ޔުމްނާ ޢަލީ
ރާއްޖެއިން އިތުރު 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގަިއ ހިމެނެނީ 17 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 514އަށް އިތުރުވެފައެވެ. ރާއްޖެއިން މިހާތަނަށް 514 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 17 މީހެއް ބަލިން ރަނގަޅިވެފައި ވާއިރު، އެކަކު ވަނީ ނިޔާވެފައެވެ. މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ 494 މީހަކަށްށެވެ. އޭގެތެރެއިން 6 […]
އިބްރާހިމް އަސްވާޤް
މިއީ ކޯވިޑު-19 އަށް ފައްސިވެފައިވާ ސިފައިންގެ ބޭކަލަކު މީސް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކީގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލެކެވެ. ބަރާބަރަށް ނަމާދުކޮށް އުޅޭ މަޑުމައިތިރި ބޭކަލެކެވެ. މަސައްކަތަށް އަބަދުވެސް އިސްކަންދޭ ތެދުވެރި ވަފާތެރިއެކެވެ. އެ ޕޯސްޓުގައި އޭނާ ލިޔެފައި ވެއެވެ. “އަޅުގަނޑު ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެއެވެ. އިސްލާމުދީނާއި މި ލޮބުވެތި ވަޠަނުގެ ޙަ...
ޢަބްދުﷲ ސަޢީދު
ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިންގ ހާލަތަށްލާފައި އޮތުމަށް ފަހު މިއަދު އެރަށް އެ ހާލަތުން ނަގާފައިވާ ކަން އެޗްޕީއޭއިން އެރަށަށް އަންގައިފިއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ހުސްވި އޭޕްރިލްމަހުގެ 25 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިއްޔެ އެރަށުން ވަނީ އިތުރުކޮށްފައެވެ. ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު...
ޝިއުނާ އާދަމް
ކޯވިޑް-19 އަށް މިހާރު ދިހަ މީހުން ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫން ރައްކާތެރި ކަމަށް ބޭނުން ކުރާނެ އާލާތް ލިބެން ނެތުމުން އެރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. ނަރުދޫގެ ހާލަތާއިމެދު ކަންބޮޑުވާ ބައެއް މީހުން ބުނެފައިވަނީީ އިތުރު ދެ މީހުން އެރަށުގައި ކޯވިޑަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 10 އަށް އަރާފައިވާއިރު، ކޮންޓެކްޓް ޓްރޭސިން ވަރަށް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުންގެ ހާސްކަން ވަރަށް ބޮޑުކަމަށެވެ. ރަށުގެ ހުރިހަމައެކަނި ޑޮކްޓަރާއި، އެރަށުގެ ދެ […]
އަލީ އާދިލް
އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ނުވަތަ 31 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއިން އިކޮނޮމިކް ސަޕޯޓް ފަންޑިއެއްގެ ގޮތުގައި ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދިންކަން ހާމަކުރައްވައިފައެވެ. އެކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. Thank Secretary @...
އަލީ އާދިލް
ށ. މިލަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި 8 މީހުންގެ ތެރެއިން 7 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށް މިލަންދޫ ހެލްތު ސެންޓަރުން ބުނެފިއެވެ. އެ 7 މީހުންގެ ނަތީޖާވެސް ނެގެޓިވު ވެފައިވާ ކަމަށާއި، ބާކީ ނަތީޖާ ނުލިބޭ މީހާގެ ނަތީޖާ ނެގެޓިވު ވުމަކީ އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާ ކަމަށް މިލަންދޫ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން އެ […]
ޝިއުނާ އާދަމް
މަޝްހޫރު އޮންލައިން ބިޒްނަސް ޗެއިން އަލީބާބާގެ ފައުންޑަރު ޖެކް މާ އާއި ޗައިނާގެ އެކި ފަރާތްތަކުން ކޯވިޑް-19އާ ގުޅިގެން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މިއަދު ވިދާޅުވެއްޖެ އެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އެހީވާން ނިންމާފައިވާކަން ޖެކް މާ ހާމަކުރެއްވުމާ އެކު، އެ ތަކެތި ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ސަފީރު ވިދާޅުވި […]
ޔުމްނާ ޢަލީ
ށ. ނަރުދޫން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ. މި 2 މީހުން ޕޮޒިޓިވް ވުމުން މިހާރު އެރަށުން ޕޮޒިޓިވްވި، މީހުންގެ ޢަދަދު ޖުމްލަ 10 އަށް އެރީއެވެ. އެރަށުން އިތުރަށް ޕޮޒިޓިވްވެފައި ވަނީ އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ އަންހެން މީހާއަކީ މީގެ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނެވެ. ރޭ ޕޮޒިޓިވް […]
ޝިއުނާ އާދަމް
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫގައި ކުއްލި ހާލަތު އިޢުލާންކޮށް މިހާލަތުގައި ރައްޔިތުން ޢަމަލުކުރަންވީގޮތް އެރަށު ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. އެކައުންސިލުން ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އެރަށަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހ...
އިބްރާހިމް އަސްވާޤް
ވެލާ ރިސޯޓަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ އަދި މުވައްޒަފުންނަށް އެންމެބޮޑު ސާވިސްޗާޖެއް ދެމުން އަންނަ ރިސޯޓެކެވެ. މުވައްޒަފުންގެ ކަންކަމުގައި ނަމޫނާ ދައްކަމުން އަންނަ ރިސޯޓެކެވެ. ކޯވިޑް19 ގެ ރާޅު ރާއްޖޭގެ ގޮނޑުދޮށްތަކަށް ބިންދާލުމާއިއެކު އެންމެ ބޮޑު ލޮޅުމެއްއައީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. ރިސޯޓުތައް ބަންދުކުރަން ޖެހުމާއި އެކު މުވައްޒަފުންގެ މުސާރަ ކުޑަކޮށް ނޯޕޭއަށް ފޮނުވާ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެހެންނަމަވެސް، ވެލާ ރިސޯޓުން ނިންމީ މި ހާލަތ...
ހުސައިން ހަބީބް
“ކޮންމެ ޙާލަތެއްގައިވެސް ޤައުމަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނަން” މިއީ ކޯވިޑް ވިލެޖުގެ މަސައްކަތް ކުރުމުގައި ހުއްޓުމެއްނެތި ކަރަންޓީންގައި ތިބެގެންވެސް ކުރަމުން އަންނަ ދިވެހި ސިފައިންގެ ހިތްވަރުގަދަ އަޒުމެވެ. ކޯވިޑް ވިލެޖް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ކަރަންޓީންގައި ތިބި ސިފައިންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ނިންމަވާލެއްވުމަށްފަހު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު...
އަލީ އާދިލް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމް.ޑީ.ޕީ) ގެ ޓިކެޓުގައި ހދ. ހަނިމާދޫ ކައުންސިލަށް ވާދަކުރާ ހުސްނުބާން އަބްދުލް ރަހުމާން ނިޔާވެއްޖެ އެވެ. ހުސްނުބާން ނިޔާވެފައި ވަނީ ކުޑަދުވަސްކޮޅަކު ބަލިވެ އުޅުމަށް ފަހު 01 މެއި 2020 ވީ ހުކުރު ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީ ޓިކެޓް ލިބިފައިވާ ހުސްނުބާން ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ތައުޒިޔާ ކިޔައި އަދި އެ ހިތާމާގައި ބައިވެރިވެ އެމް.ޑީ.ޕީންވަނީ ޓުވީޓެއް ކޮށްފައެވެ. އެޓުވީ...
އިބްރާހިމް ޚަލީލް
މާލެ ސިޓީގެ ޗަމްޕާ މަގަށް ވެއްޓިފައި އޮތް 18 އަހަރުގެ ދިވެހި އަންހެންހެނަކު ފުލުހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ 2 މޭ 2020 ވަނަ ދުވަހު 3:30 ހާއިރު ޗަމްޕާ މަގުގައި އަންހެނެއް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެވަގުތު އެ ސަރަހައްދަށް ދިޔަކަމަށާއި، އެވަގުތު އެމްބިއުލާންސް ބިޒީ ވުމުން ފުލުހުންގެ ވެހިކަލެއްގައި އަންހެން މީހާ ވަނީ 4:08 ގައި އައިޖީއެމްއެޗަށް ގެންގޮސްފައިވަ ކަމަށް ފުލުހުން ބުންޏެވެ. […]
ޝިއުނާ އާދަމް