ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިންގ ހާލަތަށްލާފައި އޮތުމަށް ފަހު މިއަދު އެރަށް އެ ހާލަތުން ނަގާފައިވާ ކަން އެޗްޕީއޭއިން އެރަށަށް އަންގައިފިއެވެ.

އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ހުސްވި އޭޕްރިލްމަހުގެ 25 ވަނަ ދުވަހުއެވެ.

Ad
rt

އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިއްޔެ އެރަށުން ވަނީ އިތުރުކޮށްފައެވެ.

ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ލަފާގެ މަތީން އެރަށު ކައުންސިލުން އެ ރަށުގެ ފުރަބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރީ 1 މެއި 2020 ގެ ހަވީރު 6:00 އިން ފެށިގެން 15 މެއި 2020 ގެ ނިޔަލަށެވެ.

ދިއްދޫ ކައުންސިލުން ކުރިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 3 ދުވަހުގެ މުއްދަތަށް ދިއްދޫ ފުރަބަންދު ކުރުމަށް ނިންމައި 23 އެޕްރީލް 2020 ހަވީރު 6:00 އިން 26 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 6:00 އަށް އެ ރަށް ފުރަބަންދު ކުރުމަށްފަހު، ފަހު އެ މުއްދަތު 1 މެއިގެ ނިޔަލަށް އިތުރު ކޮށްފައެވެ.

ދިއްދޫ މޮނިޓަރިންގ ހާލަތުން މިއަދު ނެގިއިރު އެ އަތޮޅު އުލިގަމް މީހަކާއި، ތަކަންދޫން ތިން މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.