ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން ހއ. ތަކަންދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި ކެއުމަށް ބޭނުންކުރާ ތަކެތި ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި ތަކަންދޫ ރައްޔިތުންނަށް 15 ބަސްތާ ކާޑާއި 16 ބަސްތާ ފިޔާ އަދި 12 ކޭސް ބިސް ފޯރުކޮށްދީފައިވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުންވެސް ވަނީ މިކަމުގައި އެރަށުގައި ހުންނަ އ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ނިންމާފައިވާކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. އެކައުންސިލުން މިރޭ ކުރި އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި އަންނަނީ ފެތުރެމުންކަމަށާއި އަދި މިސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަ...
އަލީ އާދިލް
ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިޔާތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ސޮނެވާ ޖާނީ ރިސޯޓްގައި މަސައްކަތްކުރާ މީހަކު އެ ރިސޯޓްގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލަ އެއް މިރޭ 8:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް، ފުލުހުން ވަނީ ތަހުގީގު ފަށާފަ...
އިބްރާހިމް އަސްވާޤް
ކާވިޔާއާއި އަމާޒް ބޯޓް އިން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ ދެވަނަ ސާމްޕަލްވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ޓާސްކްފޯހުން ހާމަކޮސްފިއެވެ. ކުޅުދުއްފުށީ ޓާސްކް ފޯސް ގެ ވެރިޔާ އަޙްމަދު ދާއޫދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ކޯވިޑް19 އަށް ސާމްޕަލް ނަގާ ފޮނުވި ޓެސްޓް ކުރެވުނު ދެ ބޭފުޅެއްގެ ސާމްޕަލްވެސް ނެގެޓިވް ވެފައިވާކަމަށެވެ. މިމީހުންގެ ތެރޭގައި އުލިގަމުން އެހޮސްޕިޓަލަށް ގެނެވުނު އަދި މިހާރު ނިޔާވެފައިވާ ބޭފުޅެއްގެ ސާމްޕަލްވެސް ހިމެނޭ ކަމަށާއި އަދި އިތުރަށް ވައިކަރަދޫ އިންނާއި ފ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގެ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ބަޔަކު ފިލައިފިއެވެ. ފުލުހުން ބުނީ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ތެރެއިން ފަސް މީހަކު ފިލާފައި ވާކަމަށެވެ. އެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު އިރުއޮށްސެން ކައިރިވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. ފިލި ފަސް މީހުންގެ ތެރެއިން އެކަކު ހޯދިފައިވާ ކަމަށާއި، އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުން ވީހާވެސް ކުޑަކުރުމަށް ސަރުކާރާއި، ކަމާއި […]
ޔުމްނާ ޢަލީ
އެމްޓީސީސީގައި ވަޒީފާ އަދާކުރާ މުވައްޒަފެއް މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރު އެހީ ވަރަށްވެސް ފުން ހިތާމައާއިއެކު ކަމަށާއި، އެ މުވައްޒަފަށް އަވަސް ޝިފާ އެއް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރާކަމަށް އެމްޓސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ސީއީއޯ އާޒިމް ވިދާޅުވީ އެމްޓީސީސީގެ ހުރިހާ ލޮބުވެތި މުވައްޒަފުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިއްބަވައިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ނަމޫނާ ޚިދުމަތަށް ފަށްފަށުން ޝުކުރުއަދާ ކުރަށްވާ ކަމަށެވެ. އެމްޓީސީސީން ފޯރު ކޮށ...
ޝިއުނާ އާދަމް
އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެމްޓީސީސީގެ އެ މުވައްޒަފު ބައްޔަށް ޕޮޒިޓިވްވިކަން މިއަދު އެނގުނީ ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުންނެވެ. ޓާމިނަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މި ދުވަސްވަރު ލޮކްޑައުންކޮށްފައި ވަނީ އެ ޓާމިނަލެއްގައި ނަމަވެސް އެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ އޭނާ ގޭގައި ހުއްޓައިއެވެ. ވިލިމާލެ ޓާމިނަލްގައި އެ މުވައްޒަފާ އެކު […]
ޖަލްވާން ޖާދުﷲ
އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނާނެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިންގައި ތިބި ދިވެހިން ގެންނާނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ފްލައިޓް ދަތުރުކުރާނީ މާލެ ދިއްލީ، ޓްރިވެންޑްރަމް އަދި މާލެއަށް ކަމަށާއި ފްލައިޓް ޖައްސާ 2 ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި...
ޔުމްނާ ޢަލީ
ރާއްޖެއިން ކޯވިޑް-19އަށް މިއަދު އެކަނި 45 މީހަކު ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި، އިންޑިޔާގެ 2 މީހެއްގެ އިތުރުން 8 ދިވެހިންކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 618 އަށް އިތުރުވެފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓު ކުރުމަށް 9800 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 400 އަށްވުގެ ގިނަ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ރާއްޖެއިން މިހަތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. […]
ޔުމްނާ ޢަލީ
ހއ. ހޯރަފުށީ ހަދަމުން އަންނަ އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 18 އަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށް ދަނީ ތާރު އަޅަން ބޭނުންވާ ޕްލާންޓް ގާއިމްކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް “މަހާޖައްރާފު” ބޭނުންކޮށްގެން އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ ކުންފުނިން ވަނީ ޖުމްލަ 345،500 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާފަ އެވެ. […]
ޔުމްނާ ޢަލީ
ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހުގެ 18 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ. ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މުވަ...
އަލީ އާދިލް
ދުނިޔެ ބަނަކޮށްލި ކޯވިޑް-19 ގެ ނުރައްކާ އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހި ޤައުމަށްވެސް ވެރިވެފައިވާ މި ދަނޑިވަޅުގައި އެތައް ބަޔަކު ދަނީ ޤައުމީ މަސައްކަތުގައި ފަސްނުޖެހި ބައިވެރި ވަމުންނެވެ. އަދާ ކުރަމުން ދިޔަ ވަޒީފާއަށް ސަލާމް ނުބުނެ، ޗުއްޓީ ނުނަގައި، ޝަކުވާއެއްނެތި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިންނެއް މިއަދު މިޤައުމުގައި އެބަތިއްބެއެވެ. ފުރަބަންދުގެ މިވަގުތުގައި ތިޔަ އަރިސްތަކަށް މި ގެނެސްދެނީ އޭގެ ތެރެއިން ނުގުޑާ އަޒުމެއްގައި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިން...
އަލީ އާދިލް
ކޯވިޑް-19 އާއި ގުޅިގެން އެކި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ ލޯނު ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ. އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އޮންލައިން ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ފަންނާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް މިނިސްޓަރު ޔުމްނާ...
ޝިއުނާ އާދަމް
މެލޭޝިއާގެ ވިޔަފާރި ވެރިއެއް ކަމަށްވާ، ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަޗޮކް ރާއްޖެއަށް 60،000 ފޭސް މާސްކު ހަދިޔާކުރައްވައިފި އެވެ. މެލޭޝިޔާގެ ވިޔަފާރި ވެެރިޔާ ރާއްޖެއަށް ހަދިޔާކުރެއްވި މާސްކުތައް ސަރުކާރާ ހަވާލުކޮށްދެއްވީ، އެ ވިޔަފާރި ވެރިޔާއާއި ގާތް ގުޅުމެއް އޮންނަ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހި...
ޝިއުނާ އާދަމް
މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކޮށްފިއެވެ. އެމިނިސްޓްރީއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2020/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހ...
ޝިއުނާ އާދަމް
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. އިތުރު ދެ މީހަކު ބަލިން ރަނގަޅުވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވި މީހުންގެ އަދަދު 20 އަށް އަރާފައިވާކަމަށެވެ. މީގެއިތުރުން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އިތުރު މީހަކަށް ވެންޓި...
ޔުމްނާ ޢަލީ
ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ ބޮޑު އެހީތެރިކަމެއް ހދ. ވައިކަރަދޫ ރައްޔިތުންނަށް ވެދެއްވައިފިއެވެ. ވައިކަރަދޫ ދަނޑުވެރިން ހައްދާފައިވާ ތަކެތި ހަލާކުވިޔަ ނުދީ ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ވައިކަރަދޫއަށް ބޭނުންވާނެ ކާބޯތަކެތި ހދ. ކުޅުދުއްފުށިން ގެނައުމަށްޓަކައި ވައިކަރަދޫ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ދަތުރެކެވެ. މިއީ މިގޮތައްކޮށްދެއްވި ދެވަނަ ދަތުރުކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިދަތުރުތައް ކޮށްދީފައިވަނީ ހަމައެކަނި ތެލުގެ ހަރަދަށްވާ ފައިސާ ރަށު ކައުންސިލުން ދައްކާގޮތަށ...
އަލީ އާދިލް
ރާއްޖެއިން ކޯވިޑް-19އަށް އިތުރު 16 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 573 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 9 ދިވެހިންނާއި، ބަންގްލަދޭޝް 6 މީހުންނާއި އަދި ސްރީލަންކާ މީހެއް ކަމަށެވެ. ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 205 އެވެ. އަދި މި ބަލި ޖެހުނު ބިދޭސީންގެ އަދަދަކީ 368 އެވެ. […]
ޝިއުނާ އާދަމް