ކާވިޔާއާއި އަމާޒް ބޯޓް އިން ދަތުރު ކުރި ހދ. އަތޮޅުގެ 29 ފަރާތުގެ ދެވަނަ ސާމްޕަލްވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ޓާސްކްފޯހުން ހާމަކޮސްފިއެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސް ގެ ވެރިޔާ އަޙްމަދު ދާއޫދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ކޯވިޑް19 އަށް ސާމްޕަލް ނަގާ ފޮނުވި ޓެސްޓް ކުރެވުނު ދެ ބޭފުޅެއްގެ ސާމްޕަލްވެސް ނެގެޓިވް ވެފައިވާކަމަށެވެ. މިމީހުންގެ ތެރޭގައި އުލިގަމުން އެހޮސްޕިޓަލަށް ގެނެވުނު އަދި މިހާރު ނިޔާވެފައިވާ ބޭފުޅެއްގެ ސާމްޕަލްވެސް ހިމެނޭ ކަމަށާއި އަދި އިތުރަށް ވައިކަރަދޫ އިންނާއި ފިނޭ އިން ޓެސްޓް ކުރެވުނު އިތުރު ދެ ބޭފުޅެއްގެ ސާމްޕަލް ވެސް ހިމެނޭކަމަށް ވިދާޅުވެފައިވެއެވެ.

Ad
rt

މިއަދު ހދ އަތޮޅުން ލިބުނު 33 ސަމްޕްލެ ގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވެފައިވެއެވެ. މިހާތަނަށް ހދ އަތޮޅުން ޖުމްލަ 89 ސާމްޕަލް ނެގިފައިވާކަމަށް ދާއޫދު ވިދާޅުވިއެވެ.