ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ ބޮޑު އެހީތެރިކަމެއް ހދ. ވައިކަރަދޫ ރައްޔިތުންނަށް ވެދެއްވައިފިއެވެ.

ވައިކަރަދޫ ދަނޑުވެރިން ހައްދާފައިވާ ތަކެތި ހަލާކުވިޔަ ނުދީ ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ވައިކަރަދޫއަށް ބޭނުންވާނެ ކާބޯތަކެތި ހދ. ކުޅުދުއްފުށިން ގެނައުމަށްޓަކައި ވައިކަރަދޫ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ދަތުރެކެވެ. މިއީ މިގޮތައްކޮށްދެއްވި ދެވަނަ ދަތުރުކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

Ad
rt

މިދަތުރުތައް ކޮށްދީފައިވަނީ ހަމައެކަނި ތެލުގެ ހަރަދަށްވާ ފައިސާ ރަށު ކައުންސިލުން ދައްކާގޮތަށެވެ. މިކަމުގެ އަމިލީ މަސައްކަތުގައި އެދޯނީގެ މުވައްޒަފުން ވަނީ ފުޅާޑައިރާއެއްގައި ބައިވެރިވެފައެވެ.

ފޮޓޯ: ވައިކަރަދޫ ކައުންސިލް

ނާޒިމްގެ ބޮޑު އެހީތެރިކަމާއިއެކު ދެވަނަ ދަތުރެއް ކޮށްދީފައިވާއިރު މިއަދު ކުރި ދަތުރު ވައިކަރަދޫ ކައުންސިލުން ސިޔާސީ ކޮށް ވަކި މީހަކަށް ސިޔާސީ މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާތީ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިދަފަ މުސީބާތުގެ ވަގުތެއްގައި ވައިކަރަދޫ ކައުންސިލުން ސިޔާސީ ކޮށް މިކަމަކީ ވަކި މީހެއްގެ ދީލަތިކަމާއި އެހީތެރިކަމުން ކޮށްދެއްވިކަމެއްކަމަށް ސިފަކޮށް ކަމުގެ އަސްލު އޮޅުވާލަން އުޅުމީ ހިތާމަހުރިކަމެއްކަމުގައި އާންމު ރައްޔިތުން އަންނީ ބުނަމުންނެވެ.