ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮންނަ "ލޭލާގައު"
އުތީމަކީ ތާރީޚީ ރަށެކެވެ. ދިވެހިންގެ ޤައުމީ ބަޠަލް އުތީމު ބޮޑުތަކުރުފާނު އުފަންވެ ވަޑައިގެން އަދި ތުއްޕުޅު ދުވަސްވަރާ ޒުވާންދުވަސްވަރު ހޭދަކުރެއްވި އުތީމުގައި އެ ތަކުރުފާނާ ގުޅުންހުރި ތަފާތު އެތައް އާޘާރެއް ފެންނަން އެބަހުއްޓެވެ. ތާރީޚީ ފޮތްތަކުން އެނގެންހުރި މަޢުލޫމާތުގެ އަލީގައި އެނގި ކަށަވަރުވާ ބައެއް އާޘާރުތަކާއި، ދޫދޫ މަތިން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅުން ހުރި ބައެއް އާޘާރުވެސް އުތީމުގައި ފެންނަން އެބަހުއްޓެވެ. އެ ގޮތުން ބޮޑުތަކުރުފާނުގެ ވާހަކާގައި ލޭލާ ގަލުގެ ނަމުން މަޝްހޫރުވެފައި އޮތ...