މިސަރުކާރަށް ބްރިޖެއް އެޅޭނަމަ އެޅޭނީ ސައިތާނުން ބޭނުންކޮށްގެން: ޝުޖާއު
މިސަރުކާރަށް ބްރިޖެއް އެޅޭނަމަ އެޅޭނީ ޖިންނި، ސައިތާނުން ބޭނުން ކޮށްގެން ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ވިދާޅު ވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ޗެނަލް ތޭރައިން ގެނެސްދިން “ނިއުސް ޓޯކު” ޕްރޮގްރާމްގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވަމުން ނެވެ. “ޖިންނި ސައިތާނުން ބޭނުންކޮށްގެން ނޫންގޮތަކަށް އެޅޭކަށްނެތް، ނެތް އެކަމެއް ވާކަށް، މިހާރު ބައްލަވާ އަޅުގެނޑުމެންގެ މާލެއާއި، ހުޅުމާލެއާއ...