ހއ. ހޯރަފުށީގައި ތަރައްޤީކުރުމުންދާ އެއާޕޯޓުގައި ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ ހއ. ހޯރަފުށީ އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ވާކަމަށާއި، މީގެ ތެރެއިން ކޮމްޕެކްޓަރ، ޑަބަލް ޑްރަމް އަދި ބައެއް އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި ވާކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ެ ކުންފުނިން ލަފާކޮށްފައިވާއިރު، ކޯވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

"ހއ. ހޯރަފުށީ އެއާޕޯޓު ތަރައްޤީކުރުމަށް ތާރު އެޅުއްމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި. މީގެ ތެރެއިން ކޮމްޕެކްޓަރ،ޑަބަލް ޑްރަމް އަދި ބައެއް އެހެން ސާމާނު ވަނީ އިއްޔެ އެރަށަށް ގެންގޮސްފައި. މި މަޝްރޫޢުގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ލަފާކުރެވޭ. އަދި ކޯވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިނަމަވެސް މި މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް އެބަދޭ."

= އެމްޓީސީސީ=

ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ.

ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.