ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް ބައިވެރި ވެވޭގޮތަށް " ޗިލް ޓައިމް ހަނިމާދޫ ފެންޓަސީ" ފުޓްބޯޅަ ލީގުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ހދ. ހަނިމާދޫގައި ހުންނަ ރެސްޓޯރެންޓެއް ކަމަށްވާ "ޗިލްޓައިމް"ގެ ފަރާތުން ރާވާ ހިންގާ މި ލީގު ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ.
މި ލީގުގެ ފުރަތަމަ ސީޒަން ނިމިގެން ދާނީ އިނގިރޭސި ޕްރިމިއަ ލީގު 2020-21 ސީޒަން ނިމުމާއިއެކުގައި ކަމަށް ޗިލް ޓައިމްގެ މެނޭޖަރު އަހުމަދު އަނާން މަޢުލޫމާތު ދީފައިވެއެވެ.
މި ލީގުގައި ބައިވެރި ވުމަށް ހުޅުވާލުމުން 24 ގަޑި އިރުގެ ތެރޭގައި ވަނީ 100 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރި ވެފައެވެ. ޕްރިމިއަ ލީގު ފެށުމާއިއެކު ފެށިގެންދާ މި ލީގުގައި، ލީގު ކުރިއަށް ދާއިރުވެސް ބައިވެރިވެވޭނެއެވެ.
މި ލީގުގައި ކޮންމެ ހަފުތާއަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ކުޅުންތެރިޔާ ހޮވާ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު މުޅި ލީގުގެ އެންމެގިނަ ޕޮއިންޓް ހޯދާ ކުޅުންތެރިޔާ ހޮވާ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
ފެންޓަސީ ފުޓްބޯޅަ ލީގަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ވެސް މިހާރު މަގުބޫލު ގޭމެކެވެ. axzb87 ކޯޑުން " ޗިލް ޓައިމް ހަނިމާދޫ ފެންޓަސީ" ލީގުގައި ބައިވެރި ވެވޭނެއެވެ. އިތުރު މައުލޫމާތު ޗިލްޓައިމް ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!