ފާސްނުވެ އޮތް ސިއްހީ ޚިދުމަތްތެރީންގެ އޮނިގަނޑު ފާސްކޮށް ދިނުމަށް އެދި ގިނަ ޢަދަދެއްގެ ސިއްހީ ޚިދުމަތްތެރިން ޝުއޫރު ފާޅުކޮށް ހިމޭން އިހްތިޖާޖެއް ކޮށްފިއެވެ.
މި އިހުތިޖާޖާއި ގުޅޭގޮތުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފައި ވަނީ މި އިހްތިޖާޖްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވާ ކަމަށެވެ.
މި އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގަންނަވަމުން ޑޮކްޓަރ ފައިސަލް ވިދާޅުވީ ''ކުނިގޮނޑަށް އެއްލާ ނުލަށްވާ އޮނިގަނޑަށް ފަށްތާލަ ދެއްވުމަށެވެ.''
ކުނި ގޮނޑަށް އެއްލާނުލައްވާ އޮނިގަނޑަށް ފައްތާލަދެއްވާ https://t.co/MWunmyOkou
— Ahmed Faisal (@Faisalnaifaru) September 20, 2020
"އަހަރެން ވިހޭ އިރުވެސް ހިދުމަތުގައި. އަދިވެސް ދެގޮތެއްނުވެ ހިދުމަތުގައި. މިއަދު އަތުގައި އެއޮތް ކަޅު ރިބަންކޮޅު ރަމްޒުކޮށްދެނީ، މުޅިއުމުރު ހިދުމަތުގަ ހޭދަކުރި އިރު އަދިވެސް ވަޒީފާގެ އޮނިގަނޑެއް ނެތުމުން ލިބޭ ނިކަމެތިކަން ހިއްސާކުރާކަން." އެ އިހްތިޖާޖުގައި ބައިވެރިވި މުޙައްމަދު އަންވަރު ކިޔާ ސިއްޙީ ޚިދުމަތް ތެރިއަކު ބުނެފަައި ވެއެވެ.
އަހަރެން ވިހޭ އިރުވެސް ހިދުމަތުގަ. އަދިވެސް ދެގޮތެއްނުވެ ޙިދުމަތުގަ. މިއަދު އަތުގަ އެއޮތް ކަޅު ރިބަންކޮޅު ރަމްޒުކޮށްދެނީ، މުޅިއުމުރު ހިދުމަތުގަ ހޭދަކުރި އިރު އަދިވެސް ވަޒީފާގެ އޮނިގަނޑެއް ނެތުމުން ލިބޭ ނިކަމެތިކަން ހިއްސާކުރާކަން. #blackribboncampaign https://t.co/vh13Y3bXY0
— Mohamed Anwar (@anwarmoosa92) September 20, 2020
"އަޑު އިވޭ ތޯ؟ ހަނު ނުހުންނަވާ ޖަވާބެއް ދެއްވަވާ.ސިޔާސީ ގޭމް ނުކުޅުއްވަވާ ސިއްހީ ހިދްމަތްތެރިންގެ ޝަކުވާތަށް އަޑު އަށްސަވާ އަވަސް ހައްލެއް ހޯދަވައި ދެއްވަވާ. ހައްގުތަށް ރައްކާތެރި ކޮށް ދެއްވަވާ."
ލަތީފް ކިޔާ ސިއްހީ ޚިދުމަތްތެރިއަކު ބުނެފައި ވެއެވެ.
ސިއްހީ ޚިދުމަތްތެރިންގެ އޮނިގަނޑު ފާސްކޮށް ދިނުމަށް އެދި މީގެ އިތުރުން ވެސް ގިނަ ޢަދަދެއްގެ އެތައް ޚިދުމަތް ތެރީންނެއް މީސް މީޑިއާގައި ޝުޢޫރު ފާޅުކޮށްފައިވާއިރު ގިނަ ޢަދަދެއްގެ ޚިދުމަތްތެރީން ބުނެފައި ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުން، އެމީހުންގެ ޝަރަފު ކަމަށެވެ. އަދި ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް އަދި އަބުރުވެެރި ދިރިއުޅުމެއް ބޭނުން ކަމަށް އެ ޚިދުމަތްތެރީން ވަނީ ބުނެފައެވެ.
ރައްޔިތުންނަށް ހިދުމަތް ކުރުން، އަހަރެންގެ ޝަރަފު. ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް އަދި އަބުރުވެެރި ދިރިއުޅުމެއް ބޭނުން. @MoHmv @cscmaldives @MoFmv @presidencymv @MaldivesHPU @ibusolih @iameeru @mtucMV#koba19 #healthworkersmatter #blackribboncampaign pic.twitter.com/2222EjCKnr
— Shifa Ibrahim (@shifaaibrahim) September 20, 2020
ސިއްހީ ޚިދުމަތްތެރިންގެ އޮނިގަނޑު ފާސްކޮށް ދިނުމަށް އެދި ގިނަ ޢަދަދެއްގެ ސިއްހީ ޚިދުމަތްތެރިން ޝުއޫރުފާޅުކޮށް މީސް މީޑިއާއަށް ދޫކުރި ޓުވީޓުތަކުގައި ވަނީ ރައީސް ޞާލިޙާއި، ރައީސް އޮފީހާއި، ހެލްތު މިނިސްޓްރީއާއި، ސިވިލްސަރވިސް ކޮމިޝަނާއި އަދި ފިނޭންސް މިނިސްޓަރު އަމީރު ޓެގް ކޮށްފައެވެ.
ރައްޔިތުންނަށް ހިދުމަތް ކުރުން، އަހަރެންގެ ޝަރަފު. ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތެއް އަދި އަބުރުވެެރި ދިރިއުޅުމެއް ބޭނުން. @MoHmv @cscmaldives @MoFmv @presidencymv @MaldivesHPU @ibusolih @iameeru @mtucMV#koba19 #healthworkersmatter #blackribboncampaign @mohamedwisaam pic.twitter.com/GtwWHngypI
— Rishmy (@rishmy2) September 20, 2020
ދުނިޔެކޭ އެއްފަދައިން ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި ވެސް ވަރުބަލި ކަމެއްނެތި ސިއްހީ ޚިދުމަތްތެރިން ތިބީ ޤައުމީ ޚިދުމަތުގައެވެ. އެ ޚިދުމަތްތެރީންނަކީ މުޅި ކެރިއަރުގައިވެސް ދިރިއުޅުމަށްވުރެ އިންސާނިއްޔަތުކަން އިސްކޮށް، ޚިދުމަތުގައި ތިބި ބައެކެވެ. ނަމަވެސް ސިއްހީ ޚިދުމަތްތެރީންގެ އޮނިގަނޑު ފާސްނުވެ އޮންނަތާ މިހާރުވަނީ އެތައް ދުވަހެއް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!