ކަނޑުތައް ތަޤައްޔަރުވަމުން ދާތީ ރައީސް ޞާލިޙް، ކަންބޮޑުވުން ފާޅުކުރައްވައިފި
ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާކަމުގައި ވިދާޅުވެ، ކަނޑުތައް ޕްލާސްޓިކުން ތަޤައްޔަރުވަމުން ދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމަނިކުފާނު މިކަންބޮޑުވުން ފާޅު ކުރެއްވީ ނިއުޔޯކްގައި ހުންނަ އ.ދ. ގެ މައި މަރިކަޒުގައި އިއްޔެ ވަރޗުއަލްކޮށް ބޭއްވެވި އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕް...