ސަރުކާރުން ހދ. ކުރިނބީގައި އަޅާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ކުރިނބީ ކައުންސިލްއާއި ހަވާލުކޮށްފި އެވެ.
ކުރިންބީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްއާއި ދަނޑު ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިނބީގައި އަޅަންފެށި ފުޓް ސަލްދަނޑުގެ މަސައްކަތް ވެރިކަން ބަދަލުވުމާއި ގުޅިގެން އޮތީ ހުއްޓިފައެވެ. އޭރު ކުރިނބީގައި އަޅަމުން ދިޔައީ އެންމެ ކުޑަ ސައިޒްގެ ދަނޑެކެވެ. ނަމަވެސް މިދަރުކާރުން ވަނީ ކުރިނބީ ޒުވާނުން ބޭނުންވިގޮތަށް ދަނޑުގެ ސައިޒު ބޮޑުކޮށްދީފަ އެވެ.
Hdh. Kurinbi zuvaanun adhi Council edhunugothah Futsal dhanduvanee nimmaalevifa. Masahkaiy ninmaalumah zuvaanun,MP @FitteyZ adhi Council inn dhevvi eheetherikamah shukuriyya. pic.twitter.com/2wQl3bTjSi
— Ahmed Mahloof (@AhmedMahloof) September 30, 2020
ހދ. ކުރިނބީ ފުޓްސަލް ދަނޑު ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގަ އެވެ.
118 ދުވަހުން ނިންމާ ގޮތަށް 1،387،841 ރުފިޔާ އަށް ހާވިލާ ކާޕެންޓަރީ އެންޑް ކޮންސްޓަރަކްޝަންއާއި ހަވާލުކޮށްފައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 25 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!