ނިޔުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ޤާނޫނޫ ތަންފީޒުކުުރުމަށް ގޮވާލައިފި
ދުނިޔޭގެ ނިއުކްލިއަރ ހަތިޔާރު ނައްތާލުމާއި ބެހޭ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން އެ މުޢާހަދާގައި ބައިވެރިވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ގޮވާލައްވައިފިއެވެ. ިމިނިސްޓަރ ޝާހިދު މި ގޮތަށް ވިދާޅުވެފައިވަނީ، ދުނިޔެއިން ނިޔުކްލިއަރ ހަތިޔާރު އެއްކޮށް ނައްތާލުމަށް ފާހަގަކުރާ ބައިނަލް އަޤްވާމީ ދުވަހުގެ މުނާސަބަތުގައި އދ ގެ ޢާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުންނެވެ. އދ ގެ ޢާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދު ތަޤުރީރުކުރައްވާފައިވަނީ، ވީޑިޔޯ މ...