މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްގެން ކުރިއަށްގެންދާ ރ އަތޮ ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ފަށައިފިއެވެ.

މި މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ވަނީ ރ. ދުވާފަރުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި ރ. ދުވާފަރު ދާއިރާގެ މަޖްލިސް މެމްބަރު އިސްމާއިލް އަޙުމަދެވެ.

Ad
rt

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ހޮތަށް 960،4 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 790،17 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް 03 އޮކްޓޯބަރ 2020 ގައި ފެށިފައިވާއިރު، މަޝްރޫޢު ނިންމޭނެކަމަށް ލަފާކުރަނީ 300 ދުވަސް ތެރޭގައިކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢު އެމްޓީސީސީއިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ %77 ވަނީ ނިމިފައެވެ. އެމްޓީސީސީ، ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންގެ އަދި ދުވާފަރު ދާއިރާގެ މެންބަރު ވަނީ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތް ސައިޓަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާ ފައިވަނީ 1 އޮކްޓޫބަރު 2020 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 513،25 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައު ސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 04.47 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ . ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރަށެވެ.