ގއ. ދާންދޫގައި ރޭ ހިނގި މާރާމާރީގައި 3 މީހަކު ޒަހަމް ކޮށްލި މައްސަލައާއި ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނެފައިވަނީ ރޭ ދާންދޫގައި ހިންގި މާރަމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު ޒަހަމް ކޮށްލާފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ 9 މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި މީހުންގެ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:25 ހާއިރު ކަމަށާއި އެ މާރާމާރީގައި 3 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެކަކުގެ ބޮލަށް ތޫނުއެއްޗަކުން ހަމަލާދީފައިވާތީ އިތުރު ފަރުވާއަށް އެ އަތޮޅު ވިލިގިލީ ހޮސްޕިޓަލަށް ގެންދިއުމަށްފަހު މިހާރު މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެ މާރާމާރި ހިންގާފައި ވަނީ ދެ ގްރޫޕެެއް ދެމެދުގައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!