ވެލާ ކަހަނބު ހިފާ، ބިސް ނުނެގުމަށް ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި
ވެލާ އަދި ކަހަނބު ރައްކާތެރި ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ، ވެލާ ކަހަނބު ބާވަތްތަށް ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން (ނަންބަރު4/93) ގެ4 ވަނަ މާއްދާގެ (ހ) ގެ ދަށުން4 އޭޕްރީލް2016 ގައި ހިމާޔަތް ކުރެވިފައެވެ. އަދި އެންވާރަމެންޓް މިނިސްޓްރީއިން ޢާންމު ކޮށްފައިވާ މި އިޢުލާނާއި ހަވާލާދީ ކޮމަންޑޫ ކައުންސިލްގެ އިޢުލާނުގައި ވަނީ، ވެލާ ކަހަނބުގެ އެއްވެސް ބާވަތަަކަ...