ޔޫއެފާ ނޭޝަންސް ލީގު: ޗެމްޕިއަނުންގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް
ޔޫއެފާ ނޭޝަންސް ލީގުގައި އާދިއްތަ ދުވަހުގެރޭ ދުނިޔޭގެ ޗެމްޕިއަން ކަމުގައިވާ ފްރާންސް އާއި ޔޫރަޕްގެ ޗެމްޕިއަން އަދި ފުރަތަމަ ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ދެޓީމް އެއްވަރުވެގެން ނެވެ. ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ދެޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފްރާންސްއަށް ލިބުނު އެންމެ ފަހި ފުރުސަތު ލިބުނީ ޕީއެސްޖީގެ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭއަށެވެ. އެމްބާޕެ ފޮނުވާލި ބޯޅަ ވުލްވްސްގެ […...