ހދ. ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސް ކެނޑާތީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކަނބޮޑުވުން ފާޅުކޮށްފި އެވެ.
ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވުމުގެ މައްސަލަ ދިމާވެފައިވާ ވައިކަރަދޫ ކަނޑޫފަލުން ކަނޑޫ ގަސްތައް ކަނޑަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވައިކަރަދޫ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް އެކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާކަމަށެވެ.
އެނގިވަޑައިގަންނަވާނޭފަދައިން މި ދުވަސްވަރަކީ ކަނޑޫފަލުން އަދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ކަނޑޫގަސް މަރުވަމުންދާ ދުވަސްވަރެކެވެ. މިފަދަ ދުވަސް ވަރެއްގައި ރޯ ނުވަތަ ހިކި ކަނޑޫ ގަސް ވިޔަސް ކެނޑުމަކީ އެކަމުގެ ސަބަބުން، 100 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބެލެވޭ މިރަށުގެ ކަނޑޫ ފަލަށް ލިބިގެންދާނެ އިތުރު ގެއްލުމެއް ކަމުގައިވާނެއެވެ.
ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވެ އެވެ.

11 އޮކްޓޯބަރ 2020 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، އެކައުންސިލްގެ ހުއްދަނެތި ކަނޑޫފަލުން އެއްވެސް ބާވަތެއްގެ ގަހެއް ކެނޑުމާއި، ކަނޑޫ ހޮވުމަކީ މަނާކަމެއް ކަމުގައި ދަންނަވާކަމަށް އެކައުންސިލް ގެ އިޢުލާނުގައި ބުނެފައިވެ އެވެ.
https://thiladhun.wonstasite.com/42538
ވައިކަރަދޫ ކަނޑޫފާވެސް ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ މިހާލުގައި ކަނޑޫފަލަށް ގެއްލުންދީފައިވާ ފޮޓޯތަކެއް މިނޫހަށް ވަނީ އެރަށުގެ ޒުވާނަކު ހިއްސާކޮށްފަ އެވެ.

ވައިކަރަދޫއިން ވާހަކަ ދެއްކި ޒުވާނަކު ބުނެފައިވަނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާކަމެއްކަމަށް ބެލެވޭ ކަމަށެވެ. ކަނޑޫ ފަލުން ކަނޑޫ ގަސްތައް ކެނޑުމަށްފަހު ގެންގޮސްފައިނުވާކަމަށާއި ގަސްތައް ކަނޑާ ވައްޓާލުމަށްފަހު އެސަރަހައްދުގައި ބަހައްޓާފައިވާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!