ފިޔަވަތިން ކޯވިޑަށް ޕޮޒިޓިވްވި ޢަދަދު 36 އަށް
ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ ފިޔަވަތިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން ޢަދަދު 36 އަށް އަރައިފިއެވެ. ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަަފީގު ވިދާޅުވީ، ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އެތަނުގައި ތިބި ކުދިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވި ޖުމްލަ ޢަދަދު 36 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ […]