ހއ. ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ އެވެ.

މިއަދު ހަވީރު 16:00 ހާއިރު ދިއްދޫގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 2 ސައިކަލް ދުއްވަންއިން 2 ޒުވާނުންނަށްވެސް އެކިވަރުގެ އަނިޔާލިބިގެން ހޮސްޕިޓަލްއަށް ވަނީ ގެންދެވިފަ އެވެ.

Ad
rt

ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ އެކްސިޓެންޑްގައި އަނިޔާވެގެން މިއަދު އެ ހޮސްޕިޓަލަށް ދެމީހަކު ގެނެސްފައިވާކަމަށާއި އެތަނުން އެކަކު މިހާރު ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ޒުވާނާއަށް މިހާރުވެސް ފަރުވާދެމުން އަންނަ ކަމަށެވެ.

ދިއްދޫ ޕޮލިސް ސްޓޭޝަންއިން ދަނީ މި އެކްސިޑެންޓް ތަހުޤީޤް ކުރަމުންނެވެ.