އައު އަހަރެކެވެ. އައު އައިފޯނެކެވެ. މިއީ މިދިޔަ އަހަރުވެސް އެންމެ ގިނައިން މީޑިޔާގައި ބޭނުން ކުރެވެމުން އައި ޖުމްލައެކެވެ. އެޕަލްގެ އައި ފޯނު ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި، ފުރާވަރަށް އެރުމުގެ ކުރިން (13 އަހަރު) އެޕަލް އިން ނެރޭ ފަހު ފޯނަށް ވުމާއި އެކު، މި ފޯނު އެތައް ގޮތަކުން ޚާއްސަވެގެންދާނެއެވެ.

މިފަހަރުގެ އެޕަލް އިވެންޓްގައި މިރޭ މިވަނީ، އެޕަލް އައި ފޯނުގެ 4 ފޯނެއް ނެރެފައެވެ. ކޮންމެ އަހަރަކުވެސް ނެރޭ އައި ފޯނުގައި އެޕަލް އަންނަނީ ކޮންމެވެސް އައު އިތުރުކަމެއް ހިމެނޭތޯ މަސައްކަތްކުރަމުންނެވެ. މި ގޮތުން، މި އަހަރުގެ އިވެންޓްގައި އެޕަލް އިން ނެރޭ އައު ފޯނުތަކުގައި5ޖީ ސްޕީޑުގެ ޚިދުމަތްތަށް ވަނީ ތަޢާރަފުކޮށްފައެވެ. އަދި މިރޭގެ ހަފްލާގައި އެޕަލްއިން ނެރުނު އިތުރު އުފެއްދުން ތަކަށް ބަލާއިރު، ހޯމް ޕޮޑް މިނީ ސްޕީކަރާއި، މެގް ސޭފް ވަޔަރލެސް ޗާރޖިންވެސް ވަނީ ތަޢާރަފުކޮށްފައެވެ.

Ad
rt

އައިފޯން 12

މި ފޯނު ސިފަ ކުރެވެން އޮތީ 3 ލަފުޒުންނެވެ. ކުރީގެ ފޯނުތަކަށްވުރެ މި ފޯނު ތުނި، ކުޑަ އަދި މާ ލުއިވާނެއެވެ. މިފަހަރުގެ އައިފޯނު 12 ގައިވެސް ރެޓީނާ އެކްޑީއާރް އޯލެޑް ޑިސްޕްލޭއެއް ހިމެނިފައިވާއިރު، ޑޮލްބީ ވިޝަން އެޗްޑީއާރް ސަޕޯޓު އެކުލެވިގެންވެއެވެ. މިފަހަރު އަލަށް އުފެދިގެންއައި އެޕަލް ފޯނު ތަކަށް ޚާއްސަ އޭ 14 ބަޔޯނިކް ޗިޕެއް މި ފޯނުގައި ހަރުކުރެވިފައިވާއިރު، އެޕަލްއިން ބުނާ ގޮތުގައި މި ފޯނު ވެގެންދާނީ މި ވަގުތު ބާޒާރުގައި ހުރި އެންމެ އަވަސް ފޯނު ތަކުގެ ތެރޭގައެވެ. އައު ކެމެރާއެއް އަކާއި އެކު، މި ފޯނުން ނަގާ ފޮޓޯތައް ކުރީ ފޯނުތަކަށް ވުރެ މާ ސާފުވާނެއެވެ. މި ކަމަށް ބާރުދެނީ، ކެމެރާގެ ޑުއަލް ސެޓަޕްއާއި، ފްރޭމް ރޭޓުގެ ތަފާތު ކަމެވެ. އަލަށް އެޕަލް ފޯނުތަކަށް އައިސްފައިވާ، ނައިޓް މޯޑު ނުވަތަ ރޭގަނޑުގެ އަލީގައި ނަގާ ފޮޓޯތައްވެސް އެހެން ބާޒާރުގައިވާ ފޯނުތަކަށްވުރެ މާ ކޮލިޓީ ރަނގަޅެވެ. މި ފޯނުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 799 ޑޮލަރެވެ.

އައިފޯން 12 ޕްރޯ އަދި ޕްރޯ މެކްސް

މިދިޔަ އަހަރު އައިފޯން 11 ނެރުނު ގޮތަށް، މި އަހަރުވެސް އެޕަލް އިން މިވަނީ ކަސްޓަމަރުންނަށް ޕްރޯގެ2 ފޯނު ނެރެފައެވެ. އެޕަލްގެ މި ދެ ފޯނުގައިވެސް 3 ކެމެރާ ހަރުކުރެވިފައިވާއިރު، ޕްރޯ ގެ ސްކްރީނުގައި 6.1 އިންޗި ހުރެއެވެ. އަދި ޕްރޯ މެކްސްގައި 6.7 އިންޗިހުރެއެވެ. ދެ ފޯނުގައި އަލި މަޑު ތަންތަނުގައި އޮޓޯ ފޯކަސް ކުރެވޭ އިރު. މެކްސްގެ ފޯނުތަކުގައި، "ޝިފްޓް އިމޭގް ސްޓެބިލައިޒޭޝަން"ގެ ނަމުގައި އައު ސެންސަރެއް އެކުލެވިގެންވެއެވެ. މި ސެންސަރަކީ، މި ވަގުތު ބާޒާރުގައި ހުރި ބޮޑެތި ކެމެރާ ތަކުގައިވެސް ހަރުކުރެވިފައިވާ ސެންސަރެއް ކަމުގައި އެޕަލްއިން ވަނީ ބުނެފައެވެ. ޕްރޯގެ އަގު 999 ޑޮލަރުން ފަށާއިރު. ޕްރޯ މެކްސްގެ އަގު ފަށަނީ، 1099 ޑޮލަރުންނެވެ.

މުޅިން އަލަށް. އައިފޯން 12 މިނީ

އައިފޯން 12 އަގު ހެޔޮ ކޮށް ބޭނުން ފުޅުވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުޞަތެކެވެ. އައިފޯން 12 މިނީ އަކީ، އައިފޯން 12 ގެ ހުރިހާ ފީޗަރ ތަކެއް އެކުލެވިގެންވާ ނަމަވެސް ކުޑަ ފޯނެކެވެ. މި ފޯނުގެ ސްކްރީނުވެސް އެހެން ފޯނުތަކަށް ވުރެ ކުޑަ ވާއިރު، މި ފޯނު މާ ލުއި ވެފައި ކުޑަ އެވެ. މިއީ، އައިފޯން 12 އަގު ހެޔޮކޮށް ތަޖުރިބާ ކޮށްލެވޭނެ ފުރުޞަތެކެވެ. މި ފޯނު ފަށާ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 699 ޑޮލަރެވެ.

އެޕަލް އިވެންޓްގައި މި ފަހަރު އެތައް އައު ފޯނުތަކެއް ނެރެފައިވާ އިރު، މިދިޔަ އަހަރުގެ އައިފޯން 11 އަށް ވުރެ ތަފާތީ ހަމައެކަނި ވަށައިގެންވާ ބޭރުފަށްގަނޑެވެ. އެތެރޭގެ ހާރޑްވެއަރ ތަފާތުވެފައި މާ އަވަސް ވާނެ ކަމަށް އެޕަލްއިންވަނީ ވަރަށް ބޮޑު ޔަޤީންކަމެއް ދީފައެވެ. މި ފަހަރުގެ އައު ފޯނުތަކަށް "ޕެސިފިކް ބްލޫ"ގެ ނަމުން ނޫ ކުލައިގެ އައު ފޯނު ކުލައެއްވެސް ވަނީ ނެރެފައެވެ. ކޮންމެއަކަސް. އައު އެޕަލް ފޯނު މިރޭ މިވަނީ ނެރެފައެވެ. އަޅުގަނޑު މެންގެ ތެރެއިން އުފަންދުވަހުގެ ހަދިޔާ އަކަށް އައިފޯނު 12 ބޭނުންވާނީ ކިތަށް ބޭފުޅުން ތޯއެވެ؟