ޖަޕާނާއި އިންޑިޔާއާއި ދެމެދު 'އެއަރ ބަބްލް' އެއް ޤާއިމުކޮށްފި
ޖަޕާނާއި އިންޑިޔާއާއި ދެމެދު ‘އެއަރ ބަބްލް’ އެގްރީމެންޓްއެއް ޤާއިމުކޮށްފިއެވެ. އިންޑިޔާގައި ހުންނަ ޖަޕާނުގެ އެންބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއަރ ބަބްލް އެގްރީމެންޓްގެ ދަށުން އިންޑިޔާއިން ޖަޕާނަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެ އެންބަސީއިން އަންގާފައިވާ އެއަރލައިންތަކުން ޓިކެޓު ބައްލަވައިގަތުމަށް އެދޭ ކަމަށެވެ. ޓޯކިޔޯގައި ހުންނަ އިންޑިޔާގެ އެންބަސީއިން ބުނެފައިވަނީ، މި އެއަރ ބަބްލްއާއި އެކު، ޖަޕާނުން އިންޑިޔާއަށް ދަތުރުކުރައްވާ ފަރާތްތަކުން އެ އެންބަސީގައި މިހާރު ރެޖިސްޓ...