މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ށ އަތޮޅަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޔެލޯ އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 22:30 އިން ފެށިގެން މިރޭ ދަންވަރު 01:30 އާ ހަމައަށެވެ. އެ ސަމާލުގައި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ad
rt

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ ކަނޑުތައް މަޑުނަމަވެސް ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް (މިރޭ 08:00 އިންް މާދަމާރޭ 08:00 އަށް)

  • ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ.
  • ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.
  • ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ، އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެ.
  • ރާޅުގެ އުސްމިން: 3 - 5 ފޫޓު.

އެހެންކަމުން ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވަނީ އިލްތިމާސް ކޮށްފައެވެ.