މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,402 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1809 ވަނަ ޞަފްޙާ

ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދު ﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. އެ މައްސަލާގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ވަކީލް އަސްއަދު ޝަރީފެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ  ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް […]

އަލީ އާދިލް
އިތުބާރުގެ މައްސަލަ ވައްދާ ނަމަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށްލިޔޭ: މަލީޙް

އިތުބާރުގެ މައްސަލަ ވައްދާ ނަމަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށްލިޔޭ: މަލީޙް

އިތުބާރުގެ މައްސަލަ ވައްދާނަ މިނިސްޓަރު ބޭނުން ކުރީ ޤާނޫނުއަސާސީން ލިބިދޭ ހައްޤެއް ކަމަށް، އެމައްސަލަ ހުށަހަޅާ ލިޔުމުގައި ލިޔުން ރަނގަޅުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ، ”މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގާ ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިން” ކަމަށް ވިދާޅުވެ، އެމްޑ...

އަލީ އާދިލް
ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި

ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓަށް މިއަދު ހެނދުނު 9:10 ހާއިރު ޓެސްޓް ފްލައިޓް ޖެއްސި ވަގުތަކީ ތަރައްޤީއަށް އެދިގެން ރަށެއްގެ ރައްޔިތުން ދައްކަމުންދިޔަ ބަދަހިކަމާއި، އެކުވެރިކަމުގެ ނަތީޖާ ފެނިގެން ދިޔަ އުފާވެރި ވަގުތު ކޮޅެވެ. އެމަންޒަރު ދެކިލަން ހޯރަފުށީގެ އެތައް ރައްޔިތުންނެއް ތިބީ ހޯރަފުށީ އެއާޕޯޓް ސަރަޙައްދަށް ޖަމާވެފައެވެ. ޤައުމީ އެއާލައިންގެ ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި ޖެއްސިވަގުތަކީ އެތައް އަހަރެއްވަންދެން އެމަންޒަރު ދުށުމުގެ އިންތިޒާރުގައި ތިބި ހޯރަފުށީގެ އެތައް ރައްޔި...

ޝިއުނާ އާދަމް
ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް

ކޯވިޑް-19ގެ އިތުރު މަރެއް، ޖުމްލަ 44 އަށް

ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޯވިޑު ބަލީގައި ރާއްޖެއިން މަރުވި 44 ވަނަ މީހާއެވެ. އަދި މި ބަލީގައި އިއްޔެ ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް […...

އަޙްމަދު ވަހީދު
ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށް، ހދ. އަތޮޅުން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށް، ހދ. އަތޮޅުން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ގުގުރައި، ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ. މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ މި ސަރަޙައްދުތަކަށް މިރޭ މެންދަމު 2:00 އިން ފަތިހު […]

އަޙްމަދު ވަހީދު
މަލީހު ވަކިކުރުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ އިތުބާރުނެތްކަމުގެ ވޯޓާއި ދިމާއަށް

މަލީހު ވަކިކުރުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ އިތުބާރުނެތްކަމުގެ ވޯޓާއި ދިމާއަށް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން މަލީހު ޖަމާލު ވަކިކުރުމަށް ގިނަ ރައްޔިތުންތަކެއް ކެނޑިނޭޅި އެދެމުންދާތީ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ މަޖިލިސް މެންބަރުން ފަށައިފި އެވެ. ގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ސޮއި ކުރެއްވި 10 މެންބަރުންގެ ތެރޭގައި ހިމެނެނީގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް، މަޑަވެލި ދާއިރ...

ޔުމްނާ ޢަލީ
ސަލާހު ދިޔަ ކައިވެނީގެ ޙަފްލާގައި ގައިދުރުކަން އިސްކުރި - މިޞްރު

ސަލާހު ދިޔަ ކައިވެނީގެ ޙަފްލާގައި ގައިދުރުކަން އިސްކުރި - މިޞްރު

ލިވަޕޫލް ފުޓުބޯޅަ ކުލަބު އަދި މިޞްރުގެ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޞަލާހު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ހާޟިރުވި ކައިވެނީގެ ޙަފްލާގައި ގައިދުރުކަން އިސްކޮށްފައިވާ ކަމަށް މިޞްރުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ، އޭނާ ނިޞްބަތްވާ އަވަށުގެ މޭޔަރެވެ. އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އިނގުުމުގެ ކުރިން ހާޟިރުވެފައިވާ މި ކައިވެނީގެ ހަފްލާގައި ވަރަށް ބޮޑަށް ގައިދުރުކަން އިސްކޮށްފައިވާ ކަމަށް މިހާރު ވަނީ އެނގިފައެވެ. އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކ...

މުޙައްމަދު މާއިލް ހަސަން
އެމްޓީސީސީގެ މި އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފި

އެމްޓީސީސީގެ މި އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ)ގެ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ މިއަދު ބާއްވައިފިއެވެ. “ފަހިވޯޓު” މެދުވެރިކޮށް ކުރިއަށް ދިޔަ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ އެމްޓީސީސީގެ 14 ޙިއްސާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 269 ޙިއްސާދާރުން ތަމްސީލް ކުރެވުނުކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނީ އެ ޖަލްސާގައި މުޅިއެކު ތަމްސީލްވީ 283 ޙިއްސާދާރުން ކަމަށާއި، އެއީ 5,577,217 ޙިއްސާ ކަމަށެވެ. ”ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއ...

ޔުމްނާ ޢަލީ
ކުމުންދޫ ކަނޑޫފާވެސް މަރުވަމުން ދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

ކުމުންދޫ ކަނޑޫފާވެސް މަރުވަމުން ދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

ހދ. ކުމުންދޫގެ ކަނޑޫފާވެސް މަރުވާން ފަށާފައިވާ ކަމުގެ ކަންބޮޑުވުން، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ފާޅުކުރަށްވައިފިއެވެ. އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރުގެ ކަނޑޫފާތަކަށް ދިމާވެފައިވާ ކަނޑޫގަސް މަރުވުމުގެ މައްސަލަ ކުމުންދޫ ކަނޑޫފަލުންވެސް ފެންނަން ފަށާފައިވާ ކަމަށެވެ. ކުމުންދޫގެ ކަނޑޫފަލުގައި މިހާރު ބޮޑަށް ހެދިފައިވަނީ ތަކަފަތި އަދި ރަނޑޫ ގަސްތައް ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް އެ ދެބާވަތުގެ ގަސްތަކުން ކަނޑޫ ގަސްތަކަށް ދިމާވާފަދަ މައްސަލައެއް ދިމާވެފައިވާކ...

ޙުސައިން ޝަހުދީ
ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ހުޅުވާލައިފި

ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ހުޅުވާލައިފި

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލައިފި އެވެ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު 13:00...

ޝިއުނާ އާދަމް
މޫދު ކުޅިވަރު ކުޅެން ނައިވާދޫއަށް

މޫދު ކުޅިވަރު ކުޅެން ނައިވާދޫއަށް

ހދ.ނައިވާދޫއަކީ ރީތި ދޮންވެލި އަތިރިމައްޗަކާއި ރީތި ތިލަ ނޫ ފަޅެއް ލިބިގެންވާ ހިތްގައިމު ރަށެކެވެ. ރަށުގެ ރީތިކަމާއި ރަށުގެ ތިލަ ފަޅުގެ ހިތްގައިމުކަން އިތުރަށް އިޝްތިހާރުކޮށް، ނައިވާދޫއަށް ޒިޔާރަތްކުރާ މީހުން އިތުރުކޮށް، ނައިވާދޫގައި މޫދުކުޅިވަރަށް ލޯބިކުރާ ފަރާތްތައް އިތުރުކޮށް، އެ ކުޅިވަރު ކުރިއެރުވުމަށްޓަކައި އެ ރަށު ޒަމާނީވިލާ މަންސޫރު އަލީ މިވަނީ އެ ރަށަށް މޫދު ކުޅިވަރު ތަޢާރަފް ކޮށްފައެވެ. މިވަގުތު ނައިވާދޫ ސިއްޙީ މަރުކަޒުގެ އެމްބިއުލާންސް ޑްރައިވަރުގެ ވަޒީފާ އަދާކުރަމުން އަންނަ މަންސޫރު އ...

އިބްރާހިމް ޚަލީލް
ސްޕެއިން އެއްވަރުވެ ކެޕްޓަން ރާމޯސްއަށް ރެކޯޑެއް

ސްޕެއިން އެއްވަރުވެ ކެޕްޓަން ރާމޯސްއަށް ރެކޯޑެއް

ޔުއެފާ ނޭޝަންސް ލީގުގައި ހޮނހިރު ދުވަހުގެ ރޭ ސްޕެއިންއާއި ސްވިޒަލެންޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޔޫރަޕުގެ ޤައުމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް މުގުރާލައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ސްވިޒަލެންޑްގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިން މޮޅަށް ކުޅުނު ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއިއެކު ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު ހދ. ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ކުރިނބީގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މި ނޮވެމްބަރ 14 ވަނަ ދުވަހު އެވެ. ކުރިނބީ ބަނދަރުމަތ...

ޝިއުނާ އާދަމް
15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މުޙައްމަދު އިނާން
ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގާއިރު، މި ކަންކަމަށް ސަމާލުކަން ދެއްވާ!

ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގާއިރު، މި ކަންކަމަށް ސަމާލުކަން ދެއްވާ!

ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގާއިރު، ސަމާލުކަން ދޭންވީ ވަރަށް މުހިންމު ކަންތައްތަކެއް ފުލުހުން ސަމާލުކަމަށް ގެނެސްފި އެވެ. “ޗެކް ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމަށް ބަދަލުތަކެއް” މިސުރުހީގެ ދަށުން މިއަދު ފުލުހުންގެ ވެބްސައިޓުގައި އާންމު ކުރި ލިއުމެއްގައި ވަނީ މިކަންކަމަށް ވަރަށް ތަފްސީލްކޮށް އަލިއަޅުވާލައްވާފަ އެވެ. އެލިއުމުގައި ބުނެފައިވަނީ، 2020 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ޗެކު ބައުންސް މައްސަލަތަކުގައި...

ތިލަދުން
ތިން މަޤާމަކަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ތިން މަޤާމަކަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށާއި ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ. މި މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ،...

ޔުމްނާ ޢަލީ
މިއަދުވެސް ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

މިއަދުވެސް ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

ކޯވިޑް19 އަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 79 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. މިއީ މިބަލީގައި ރާއްޖެ އިން ނިޔާވި 43 ވަނަ މީހާއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ ކޯވިޑް އަށް ފަރުވާ ހޯދަމުން ދިޔަ 57 އަހަރުގެ ފިރިހެނަކު އިއްޔެ ވެސް ވަނީ ނިޔާވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ، 45 އަހަރުގެ އަންހެނަކުވެސް ނިޔާވެފަ އެވެ. އެޗްޕީއޭއިން ވިދާޅުވީ މިއަދު 10:50ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 79 […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޤަވާއިދާއި ހިލާފަށް އެހެލާފައި ހުރި އޮޑިދޯނިފަހަރު ނުނަގައިފިނަމަ ނައްތާލަނީ

ކުޅުދުއްފުށީގައި ޤަވާއިދާއި ހިލާފަށް އެހެލާފައި ހުރި އޮޑިދޯނިފަހަރު ނުނަގައިފިނަމަ ނައްތާލަނީ

ކުޅުދުއްފުށީ ސިޓީގައި ޤަވާއިދާއި ހިލާފަށް އެހެލާފައި ހުރި އޮޑިދޯނިފަހަރު ވަކި މުއްދަތެއްގެ ތެރޭގައި ނުނަގައިފިނަމަ ނައްތާލާނެ ކަމަށްތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާާއިން ބުނެފި އެވެ. އެކައުންސިލުން މިއަދު ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ބަނދަރާއި އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި މިފަދަ ތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ޤަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އޮޑިދޯނިފަހަރު، މުދާ އަދި ތަކެތި ބަހައްޓާކަމާ، ޤަވައިދުތ...

ޔުމްނާ ޢަލީ