ލިވަޕޫލް ފުޓުބޯޅަ ކުލަބު އަދި މިޞްރުގެ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ޞަލާހު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ހާޟިރުވި ކައިވެނީގެ ޙަފްލާގައި ގައިދުރުކަން އިސްކޮށްފައިވާ ކަމަށް މިޞްރުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އޭނާ ނިޞްބަތްވާ އަވަށުގެ މޭޔަރެވެ. އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އިނގުުމުގެ ކުރިން ހާޟިރުވެފައިވާ މި ކައިވެނީގެ ހަފްލާގައި ވަރަށް ބޮޑަށް ގައިދުރުކަން އިސްކޮށްފައިވާ ކަމަށް މިހާރު ވަނީ އެނގިފައެވެ.

Ad
rt

އެފްރިކާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ސަލާހު މިހާރުވަނީ ގޭގައި އެކަހެރިވެފައެވެ. އަދި އޭނާ މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ އެކަހެރިވެފައެވެ. އޭނާ ޕޮޒިޓިވްވެފައިވާ ކަމަށް ހާމަވެފައިވަނީ މިޞްރުގެ ކުޅުންތެރިންނާއި ބައްދަލުވުމުގެ ކުރިން ހެދި ޓެސްޓުންނެވެ،

ސަލާހު އޭނާގެ ބޭބެ ނަސްރުގެ ކައިވެނީގެ ހަފްލާއަށް ގޮސްގައިވާއިރު، ފޮޓޯ ތަކުން ފެންނަ ގޮތުގައި އޭނާގެ ދަތްދޮޅިއާއި ހަމައަށް މާސްކު ތިރިކޮށްފައިވާ ތަން ވަނީ ފެނިފައެވެ.

އެ ޝަހަރުގެ މޭޔަރު މާހިރު ޝްތިޔަރ ވިދާޅުވިގޮތުގައި، އެ ޙަފްލާއަށް ހަމައެކަނި ގޮސްފައިވަނީ ޢާއިލީ މީހުން ކަމަށާއި، އެއީ ގާތް ގަނޑަކަށް70 މީހުންނެވެ.

އެސްޓަންވިލާއާށް ކުޅެމުންއަންނަ މަހްމޫދް ޓްރެޒެގޭވެސް ވަނީ މި ހަފްލާއިން ފެނިގެންގޮސްފައެވެ. ސަލާހުވަނީ މިޞްރުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބޭއްވި ހަފްލާއަކަށްވެސް ގޮސްފައެވެ. މިހަފްލާއަކީ އޭނާ ޕްރިމިއަރ ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެކެވެ.

އޭނާ ގެ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ.